ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޖޫން މަހުގެ ހަވަނަ ދުވަހަށް އަވަސް ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެގޮތަށް ހަމަޖެއްސީ ޖޫން މަހުގެ 18 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައިވާތީ، އޭގެކުރިން އިންތިހާބުގެ ކަންކަން ނިންމުމުގެ ގޮތުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޖޫން ހަ ވަނަ ދުވަހު ބައި އިލެކްޝަނަށް ބޭއްވުމަށް ފަހު ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ކުރިން އިންތިހާބު ބާއްވާން ހަމަޖެއްސި ތާރީހު ކަމަށްވާ 13 ވަނަ ދުވަހު ބާއްވާ ގޮތަށެވެ.
ދުވަހަށޤ ބަދަލު ގެނައި ނަމަވެސް ފޯމް ބަލައިގަތުމުގެ ތާރީހަށް ބަދަލު ނާންނަކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ބައި އިލެކްޝަންގައި ވާދަކުރަން ހުށަހަޅަންޖެހޭ ފޯމް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު 3:00އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ދޫކުރާނެއެވެ. ސަރުކާރު ރަސްމީ ބަންދު ދުވަހު ފޯމް ދޫކުރުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 2:30 އިން ހަވީރު 4:30 އަށެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައި މިވަނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި އަހްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވުމާ ގުޅިގެންނެވެ.
އެ ބައި އިލެކްޝަނަށް ޕާޓީތަކުން ތައްޔާރުވާން ފަށާފައިވާއިރު ވެރިކަން ކުރާ ޕީޕީއެމްއިން ވަނީ ޝައުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފަ އެވެ. އދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މަސައްކަތް ކުރަމުންދަނީ އެއް ކެންޑިޑޭޓެއް ނެރުމަށް ކަމަށެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އަވަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ