ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ބުނާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް މުހައްމަދު ނަޝީދު އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަންގެ މެންބަރަކަށް ކުރީގެ ފޮރިން މިނިސްޓާ ޑރ. އަހުމަދު ޝަހީދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، އެ ކޮމިޝަނަށް ޑރ. ޝަހީދު ހަމަޖައްސެވުމަށްފަހު، އެކަމުގެ ގަރާރު ރައީސް ނެރުއްވައިފައިވާ ކަމަށެވެ.
ޑރ. ޝަހީދު މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރުގެ މަގާމުގަ އެވެ. އެމަނިކުފާނު ފޮރިން މިނިސްޓަރުކަމުން އިސްތިއުފާދެއްފައިވައިފަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމެވުމާ ގުޅިގެންނެވެ. އެއަށް ފަހު ޑރ. ޝަހީދު ފެނިފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި އެމްޑީޕީގެ ސްޕޯކްޕާސަނެއްގެ ގޮތުގަ އެވެ.
ރިޔާސީ ކޮމިޝަނުގައި ޑރ. ޝަހީދުގެ އިތުރުން މިހާރު ހިމެނިވަޑައިގަންނަވަނީ މާލެ ސިޓީގެ މޭޔާ ސަރަނގު އާދަމް މަނިކާއި އަދާލަތު ޕާޓީގެ ރައީސް އަދި އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓާ އައްޝައިހު ހުސައިން ރަޝީދު އަހުމަދާއި، ކަސްޓަމްސްގެ އިސްވެރިޔާ މުހަންމަދު އަސްވާނާއި، ގާނޫނީ ވަކީލު އަލްއުސްތާޒު އަބްދުﷲ ހަސީނެވެ. އެކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވަނީ އާދަމް މަނިކާއި، ހުސައިން ރަޝީދެވެ.
ރިޔާސީ ކޮމިޝަނުގެ މެމްބަރަކަށް ޑރ. ޝަހީދު ހަމަޖައްސަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ