ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ މުއްދަތު 2027 ގެ ނިޔަލަށް ދަންމާލި ބިލު ތަސްދީގުކޮށްފި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ މުއްދަތު 2027 ގެ ނިޔަލަށް ދަންމާލި ބިލު ތަސްދީގުކޮށްފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ މުއްދަތު 2027 އާ ހަމައަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
ފެނާއި ނަރުދަމާގެ ގާނޫނުގައި ކުރިން އޮތް ގޮތުން އޯގަސްޓު 5، ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރަންޖެހެ އެވެ. ނަމަވެސް، މުއިއްޒު ތަސްދީގުކުރި ބިލާއެކު އެ މުއްދަތު ހަމަވާނީ 2027 ގަ އެވެ.
ސަރުކާރުން ހުށަހެޅި ބިލުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަމުން މުއްދަތު ދަންމާލުމާ ދެކޮޅު ސަބަބެއް ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ބުނީ ހަވާލުކޮށްފައި ހުރި ޕްރޮޖެކްޓުތަކުގެ މަސައްކަތް ނުހިނގާތީ އެވެ.
އޭގެ އިތުރުން ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭ ގޮތުން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް އޮތް މާއްދާ ބަދަލުކޮށް ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭ ގޮތުން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނުޖެހޭ ގޮތަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
އެމްޑީޕީ މެންބަރުންގެ ވާހަކައިގައި މި ސަރުކާރު ވެރިކަމަށް އައިފަހުން ފެނާއި ނަރުދަމާގެ އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުދާ މައްސަލަ ފާހަގަކޮށްފަ އެވެ.
އެ މައުލޫގައި ވާހަކަ ދައްކަވަމުން މި ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވެސް ވަނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ނުދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފެނާއި ނަރުދަމާ ނިޒާމުތައް އެޅުމުގެ މަސައްކަތް ކުރިން ނިންމަން އޮތް ތާރީހަކީ އަންނަ އަހަރެވެ. މި ގޮތުން ކުރީ ސަރުކާރުން ވަނީ އެ ނިޒާމު ގާއިމުނުކުރެވިވާ 39 ރަށެއްގެ މަސައްކަތް ޑިސެމްބަރު 29، 2021 ގައި ހަވާލުކޮށްފަ އެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ޕްރޮޖެކްޓުތައް އަދި ވެސް ނުނިމެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ