މޯލްޑިވިއަނުން ޗައިނާގެ އިތުރު މަންޒިލަކަށް ދަތުުރު ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ޗައިނާގެ ޝެންޖެން ސިޓީއަށް ރޭ ދަތުރުތައް ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެ އެއާލައިނުން ބުނީ ޗައިނާގެ ޝެންޖެން އިން ރާއްޖެއަށް އަންނަ ފަތުރުވެެރިންގެ އަދަދު މި ދުވަސްވަރު އިތުރުވެފައިވާތީ އެ ސިޓީއަށް ފެށީ ސީޒަނަލް ދަތުރުތަކެއް ކަމަށެވެ.
ތަފްސީލް - ޝެންޖެން ދަތުރުތައް އަންނަ މަހުގެ 21ގެ ނިޔަލަށް ކުރާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.
 ޝެންޖެން ދަތުރުތައް ކުރަނީ މޯލްޑިވިއަންގެ އޭ320 މަތިންދާބޯޓުގައި
މޯލްޑިިވިއަނުން ވަނީ މިދިޔަ ޖެނުއަރީގައި ޗައިނާގެ ތިން ސިޓީއަކަށް ވެސް ދަތުރު ފަށައިފަ އެވެ. އެ އެއާލައިނުގެ އޭ330 މަތިންދާބޯޓުގައި މި ދަތުރުތައް ކުރަނީ:
ޗެންގްޑޫ 
ބެއިޖިން
ޝެންހާއީ
ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 148،951 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ފާހަގަ ކުރެވޭ - މޯލްޑިވިއަނުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް އިތުރުކޮށް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް އިތުރު ވައިޑްބޮޑީ އެއާކްރާފްޓެއް ކުއްޔަށް ހިފަން ވަނީ ނިންމައިފަ އެވެ. އެ އެއާލައިނުގެ އަމާޒަކީ ދެކުނު އެފްރިކާގެ އިތުރުން ޔޫރަޕަށް ވެސް ދަތުރުތައް ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ