'ޑައި ހާޑް،' 'ޕަލްޕް ފިކްޝަން،' 'ސިން ސިޓީ' އަދި 'އާމެގެޑަން' ފަދަ ހޮލީވުޑް ފިލްމްތަކުން ފެނިގެންދިޔަ ކުޅަދާނަ ބަތަލު ބްރޫސް ވިލިސްގެ ފްރަންޓޯޓެމްޕޯރަލް ޑިމެންޝިއާ ހުންނަކަން 2023 ވަނަ އަހަރު ވަނީ އެނގިފަ އެވެ.
ފަހުގެ ހަބަރުތަކުން ބުނާ ގޮތުގައި އުމުރުން 70 އަހަރުގެ ބްރޫސް ވިލިސް ބަލީގެ ސަބަބުން އުޅެމުންދަނީ ރަނގަޅަށް ނުހިނގި، ވާހަކަ ނުދެއްކި އަދި ކިޔަން ވެސް އުނދަގުލުގަ އެވެ. މިއީ އޭނާގެ ފޭނުންނަށް ވަރަށް ބޮޑު ހިތާމައެކެވެ.
އެފޭސިއާ ހުންނަކަން އެނގުމާ އެކު ބްރޫސް ވިލިސް ވަނީ 2022 ވަނަ އަހަރު ރިޓަޔާކޮށްފަ އެވެ. އަދި އޭނާގެ އާއިލާ އިން 2023 ވަނަ އަހަރުގެ ކުރީކޮޅު ބުނިގޮތުގައި އޭނާގެ ބަލި ބޮޑުވެ ނާރުގެ މައްސަލަތަކެއް ހުރިކަން ވަނީ ކަށަވަރުވެފަ އެވެ.
ބްރޫސް ވިލިސްއަށް ކުރިމަތިވެފައިވާ ބަލީގެ ސަބަބުން ވާހަކަ ދެއްކުމާއި ހަރަކާތްތަކާއި އުޅުމަށް ވެސް ބަދަލު އާދެ އެވެ.
ރީތިކަމަށާއި ހުނަރުވެރިކަމަށް މަޝްހޫރުކަން ހޯދާފައިވާ ބްރޫސް ވިލިސްއަށް މިހާރު އަބަދުވެސް އެހީތެރިއެއް ބޭނުންވެ އެވެ. އަދި ބަލީގެ ސަބަބުން އޭނާއަށް އޭނާގެ ކާމިޔާބު ފިލްމީ ކެރިއަރު ހަނދާން ނެތިއްޖެ އެވެ.
ބުރޫސް ވިލިސްގެ އާއިލާ އިން މި އުނދަގޫ ވަގުތު އެދެނީ އޭނާއަށް ބޭނުންވާ ޕްރައިވެސީ ދިނުމަށެވެ.
ފްރަންޓޯޓެމްޕޯރަލް ޑިމެންޝިއާ އާއްމުކޮށް ޖެހެނީ އުމުރުން 45-64 އަހަރުގަ އެވެ. އެކަމަކު ގިނަ ފަހަރަށް މި ބަލި އޮންނަނީ އެހެން ނަފްސާނީ ބައްޔެއް ނުވަތަ އަލްޒައިމާސްގެ ގޮތުގައި ނުބައިކޮށް ޑައިގްނޯސްކުރެވިފަ އެވެ.
ބްރޫސް ވިލިސްގެ ބައްޔާ އެކު، މީހުންގެ ތެރޭގައި އާއްމުކޮށް މައުލޫމާތު މާ ބޮޑަށް ނޭނގޭ ޑިމެންޝިއާއަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. ސިއްހީ މާހިރުން ބުނާގޮތުގައި ދުރާލާ އެނގުމާ އެކު ޑައެގްނޯސްކުރުން، ސްޕީޗް ތެރަޕީ، ފިޒިކަލް ތެރަޕީ އަދި މީހާއަށް ބޭނުންވާ އަޅާލުމާއި އިމޯޝަނަލް ސަޕޯޓް ދޭ ނަމަ ބަލި ގޯސްވުމުން ދުރުހެލިކޮށްދެ އެވެ.
ބްރޫސް ވިލިސްއަށް މި ބައްޔާ އެކު އުޅުމަށް އާއިލާގެ ފަރާތުން އަޅާލުމާއި ލޯބި އަންނަނީ ލިބެމުންނެވެ.
ޑިމެންޝިއާއާ އެކު ބްރޫސް ވިލިސްގެ ހާލު ދެރަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ