ފުއްގިރި މައްސަލަ: ދައުލަތުން ހެކި ހުށަހެޅީ އަބުރު ނަގާލަން: ޔާމީން

ރ. ފުއްގިރި މައްސަލައިގައި ދައުލަތުން ރައީސް ޔާމީން އާއި ދެކޮޅަށް ޝަފަހީ ހެކި ހުށަހަޅާފައިވަނީ އަބުރު ނަގާލުމުގެ ބޭނުމުގައި ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ރައިސް ޔާމީން ވިދާޅުވި، ދައުލަތުން އެމަނިކުފާނާއި ދެކޮޅަށް ޝަފަހީ ހެކި ހުށަހަޅާފައިވަނީ އަބުރު ނަގާލުމަށް ކަމަށާއި، ފުލުހުން މަސައްކަތްކޮށްފައިވަނީ ރައީސް ޔާމީން ފްރޭމް ކުރުމަށް ކަމަށެވެ.
ވަކީލު ވިދާޅުވީ ހައިކޯޓުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި ގުޅޭ ގޮތުން ނިންމި ނިންމުން ތިން ނުކުތާއަކާއި އެކު ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އަދި ކޯޓުން ގޮތެއް ކަނޑައަޅަންދެން އެ މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ދަށު ކޯޓުގައި މިހާރު ހިނގަމުން އަންނަ ޝަރީއަތް މަޑުޖައްސާލުމަށް އެދިފައިވެއެވެ.
އެހެންމަވެސް ފުއްގިރި މައްސަލަ ބައްލަވާ ޤާޒީ، އަލީ ނަދީމް ވިދާޅުވީ ޝަރީއަތް މަޑު ޖައްސާލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ރައީސް ޔާމީންގެ ފަރާތުން އިތްތިތާހީ ބަޔާން ހުށަހެޅުމަށް ފުރުސަތު އޮތް އިރު ރައީސް ޔާމީންގެ ފަރާތުން ވިދާޅުވި އަދި އެ ބަޔާން ހުށަހަޅަން ތައްޔާރުނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ