ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސަރުކާރުގެ ތެރެއިން ލިބިފައިވާ އެކި ސްލޮޓުތަކުގައި ތިއްބެވި އެކި ބޭފުޅުން ޖޭޕީން ވަކިވަނީ ވަޒީފާގެ ބޭނުމަށް ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރަނީ ވަކިންނެވެ. އެޕާޓީގެ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ޖޭޕީ އަށް ދައުވަތު ދިން ނަމަވެސް އެޕާޓީން އެކަމަކަށް އިޖާބަދީފައެއް ނުވެއެވެ.
ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމުމާއެކު އެޕާޓީގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ ޕާޓީން އިސްތިއުފާ ދެއްވަމުންނެވެ.
ޖޭޕީން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދާއި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސަމީރު އަދި އިމިގްރޭޝަންގެ ކޮންޓްރޯލާ ވެސް ވަނީ ޖޭޕީން ވަކިވެފައެވެ.
އެކަމާއި ގުޅިގެން ގާސިމް ވަނީ މިރޭ ޓްވީޓެއް ކުރައްވާފައެވެ.
ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއްބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަޤީޤަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން ޢިއްލާން ކުރެއްވުން ކީއްތޯ!؟ pic.twitter.com/tAWtchw97M
— Qasim Ibrahim (@qasimibrahim) April 1, 2023
“ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަގާމު ދިފާއުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަގީގަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން އިއުލާނު ކުރުން ކީއްތޯ،” ގާސިމްގެ ޓްވީޓުގައި ވިދާޅުވިއެވެ.
ޖޭޕީގެ ސްލޮޓުގައި ވަޒީރު ކަމަށް ވަޑައިގެން ތިއްބެވީ ތިން ބޭފުޅެކެވެ. އެއީ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާއެވެ. މި ތިން ބޭފުޅުން ވެސް އަދި ވަކި ގޮތެއް ނުނިންމަވައެވެ. އެކަމަކު ރޭގެ ވަގުތެއްގައި ޑރ. މައުސޫމު ވަނީ ރައީސް ސޯލިހާ ދެބޭފުޅުން އެކުގައި ހުންނެވި ފޮޓޯއެއް އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރައްވާފައެވެ. ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި ޑރ. މައުސޫމް ވަނީ ޖޭޕީގެ ރަސްމީ ވަޓްސްއަޕް ގްރޫޕުން ވެސް ނިކުމެވަޑައިގެންފައެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
ގާސިމް ވިދާޅުވީ ޖޭޕީން ވަކިވަނީ ވަޒީފާގެ ބޭނުމަށް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ