ފަޤީރުކަމުން ކަންބޮޑުވާންވީ ކީއްވެ؟: ފައިސާ ގިނަވެގެން ފައިސާ މަތީގަ އުދުހޭ މަދު މީހަކު ނޫނީ އެންމެންނަކީ އެންމެ ބޮޑެތި ފަޤީރުން!: މުފްތީ މެންކް

ބައެއް މީހުން އެމީހުންނަކީ ފަޤީރުން ކަމަށްވުމުން ލަދުގަނެއެވެ. ދެރަވެސް ވެއެވެ. ނަމަވެސް މިއީ އެކަން އޮންނަން ޖެހޭނެ ގޮތެއް ނޫނެވެ. ސަބަބަކީ ފައިސާ ގިނަވެގެން ފައިސާ މަތީގައި ނިދައި އުދުހޭ މަދު މީހަކު ނޫނީ އެންމެންނަކީ އެންމެ ބޮޑެތި ފަޤީރުން ކަމެވެ. 
އެމީހުންނަކީ އެންމެ ބޮޑެތި ފަޤީރުންކަމުގައިވެގެންދަނީ އެމީހުންނަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުނުކުރާތީ އެކަލާނގެ ޙަޟްރަތުގައި އެއްވެސް ދަރަޖައެއް ނެތް ބައަކަށްވާތީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ މަތިވެރިވެގެންދަނީ އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރުމުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުންނެވެ. 
ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީ ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަމުގެ ސަބަބުން އެމީހެއްހެ ދަރަޖަ މަތިވެރިވެގެންދާނީ އެކަލާނގެ އެމީހަކަށް ދެއްވަވާފައިވާ ތަނަވަސްކަމުގެ ބޭނުން އެކަލާނގެ އަންގަވާފައިވާ ގޮތުގައި ހިފާނަމައެވެ. ފަޤީރުންނަށް ހޭދަކުރާނަމައެވެ. މިސްކިތް އަޅައި އެނޫންވެސް ﷲ ތަޢާލާ ކުރުމަށް އަންގަވާފައިވާ ކަންކަން ކުރާނަމައެވެ. 
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން އެމީހެއްގެ ދަރަޖަ އެކަލާނގެ ޙަޟްރަތުގައި މަތިވެރިވާނެ ގޮތަށް ޢަމަލުތައް ކުރެވެނީ ވަރަށް މަދު މީހަކަށެވެ. ނިކަމެތި މީހަކު ކަމަކު އެދިގެން އަތުވެއްޖެނަމަ އެމީހަކަށް ހެޔޮކޮށް ހިތައި އެމީހެއްގެ ބޭނުންތައް ފުއްދައިދިނުމަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާއިރުގައިވެސް މެއެވެ. 
ވީމާ ތިމާގެ އަތުގައި ފައިސާ މަދުވުމުން، ފަޤީރު ޙާލުގައި އުޅެން ޖެހުމުން ކަންބޮޑުނުވާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިދަރަޖަ ލިބިގެންވާ މީހަކު ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ދެރަވާންޖެހޭނީވެސް އަދި ލަދުގަންނަންޖެހޭނީވެސް އަދި ނިކަމެއްޗަކުކަމުގައި ވެގެންދާނީވެސް އެކަލާނގެ ޙަޟްރަތުގައި ތިބާގެ ދަރަޖަ ނިކަމެތިވެގެން ހިނގައްޖެ ނަމައެވެ. 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ