ތިން އަހަރުގެ އެއްބަސްވުމަކަށް ބެންޒެމާ އަލް އިއްތިހާދަށް ސޮއި ކޮށްފި

ސައުދީ އަރަބިއްޔާގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދި އަލް އިއްތިހާދުން ތިން އަހަރުގެ އެއްބަސްވުމަކާއެކު ކަރީމް ބެންޒެމާގެ ސޮއި ހޯދައިފިއެވެ.
ސްޕެއިނުގެ ރެއާލް މެޑްރިޑާއެކު ކާމިޔާބު 14 ސީޒަން ހޭދަކުރުމަށްފަހު އަންނަ ސީޒަނުގައި އެކުލަބުން ނުފެންނާނެކަން ބެންޒެމާ އިއުލާން ކުރީ މިދިޔަ ހަފުތާގެ ތެރޭގައެވެ. މި ސީޒަނުގެ ނިޔަލަށް ބެންޒެމާ ރެއާލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވިއިރު، ރެއާލުން ވަނީ އިތުރު އަހަރަކަށް ކޮންޓްރެކްޓް އިތުރު ކުރުމަށް އެދިފައެވެ.
ނަމަވެސް ބެންޒެމާ ވަނީ ކުލަބުގައި މަޑު ނުކުރަން ނިންމާ، ލީގުގެ ފަހު މެޗުގެ ކުރިން އެކަން ރެއާލަށް އަންގައިފައެވެ.
ރެއާލް ދޫކޮށްލުމާއެކު ޔޫރޮޕުގެ ބޮޑެތި ކުލަބުތަކުން ބެންޒެމާއަށް ފާރަލަމުން އަންނަނިކޮށް ސައުދީގެ އަލް އިއްތިހާދުން މިހާރު ވަނީ ބެންޒެމާއާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން ތިން ސީޒަނުގެ ނިޔަލަށް އެއްބަސްވުމެއް ބެންޒެމާއަށް ދީފައިވާ އިރު، އަހަރެއްގެ މައްޗަށް މުސާރައާއި އިނާޔަތްތަކާއެކު ގައިގަނޑަކަށް 200 މިލިއަންށް ޑޮލަރު ދޭން އަލް އިއްތިހާދުން ވަނީ އެއްބަސްވެފައެވެ.
އެންމެ ފަހުގެ ބެލަންޑޯ އެވޯޑްވެސް ހޯދި ބެންޒެމާ އަލް އިއްތިހާދަށް ސޮއި ކުރި އިރު، އެ ޓީމުގެ އެންމެ ބޮޑު ވާދަވެރިޔާ އަލް ނަސްރުން ވެސް ވަނީ އޭނާ ހޯދަން މަސައްކަތް ކޮށްފައެވެ.
އަލް ނަސްރަށް ކުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ބެންޒެމާ ޓީމަށް އިތުރު ކުރަން އެ ޓީމުން ކުރި މަސައްކަތް ނާކާމިޔާބު ވީއިރު، އަންނަ ސީޒަނުގައި މި ދެ ކުޅުންތެރިންވެސް ވާނީ ލީގުގެ ވާދަވެރިންނަށެވެ.
ސައުދީ ލީގަށް މިފަހުން މަޝްހޫރު ގިނަ ތަރިންތަކެއް ގެންދަމުން އަންނަ އިރު، އެ ލީގުގައި ވާދަކުރާ އަލް ހިލާލް އިން މިހާރު ވަނީ ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ލިއޮނެލް މެސީ ހޯދުމަށް ވެސް ރެކޯޑު ހުށައެޅުމެއް ހުށައަޅައިފައެވެ.
ރިޕޯޓްތައް ބުނާގޮތުން މެސީއާއި ބާސެލޯނާއާ ދެމެދު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އޭނާ ސޮއި ކުރާނީ 1.2 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކާއެކު އަލް ހިލާލްއަށެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ