މޫސުން ތަންދޭތީ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށްރަށަށް ގެންދިއުމަށް އިލްތިމާސްކޮށްފި

ކުރިއަށް އޮތް ހަތަރު ދުވަހު ކަނޑު ދަތުރު ކުރެވޭވަރަށް ރާއްޖޭގެ މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭތީ، އެ މުއްދަތުގައި ރަށްތަކަށް ބޭނުންވާ ކާބޯތަކެއްޗާ ޒަރޫރީ ތަކެތި ގެންދިއުމަށް ސަމާލުކަން ދިނުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން، އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ދަތުރު ކުރުމަށް ބުރޫ އަރާފައި ވާތީ ބައެއް ރަށްރަށުން ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ގެންދިއުމަށް ދަތިވެފައިވާކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށެވެ. އެގޮތުން މިފަދަ ބައެއް ރިޕޯޓްތައް ށ. އަދި ރ. އަތޮޅުން ލިބިފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
ނިމުނު ހަފްތާގައި ވަރަށް ބޮޑަށް މޫސުން ގޯސްވުމަށްފަހު މިހާރު މަޑުމަޑުން މޫސުން ރަނގަޅުވަމުންދާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދީފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
މާދަމާއިން ފެށިގެން ބުދަ ދުވަހާ ހަމައަށް، ކަނޑު ދަތުރުކުރެވޭވަރަށް މޫސުން ތަންދޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއާ ހަވާލާދީ އެންޑީއެމްއޭއިން ބުނެއެވެ. އެހެންކަމުން މި މުއްދަތުގައި ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށްތަކަށް ގެންދިއުމަށް އިލްތިމާސްކުރާކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ހުޅަނގު މޫސުން އަދި ރާއްޖެ ހިމެނޭ ސަރަޙައްދަށް ދެ ކޮޅިގަނޑެއްގެ އަސަރު ކޮންގެން މިދިޔަ ހަފްތާފައި ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވިއެވެ. އެގޮތުން އޮރެންޖު އިންޒާރުވެސް ދިޔައީ ނެރެމުންނެވެ.
މިއަދުގެ މޫސުމަށް ބަލާއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރުކުރާނެތީ، ބައެއް ހިސާބުތަކަށް ހުދު ސަމާލު ވަނީ ނެރެފައެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ 19 މެލާ 24 މޭލާ ދެމެދުގައެވެ. ނަމަވެސް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ