މިހާތަނަށް އެއްވެސް ވެރިއަކު ކުރެއްވިކަމެއް ނޫން، ރައީސް ޑރ މުއިއްޒު ރަށްރަށުގެ ކައުންސިލާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ އަޑުއެއްސެވުން، ތާރީހުގައި ލިޔެވިގެންދާނެ

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އަމިއްލަފުޅަށް ވަޑައިގެން 157 ކައުންސިލާ އަމިއްލަފުޅަށް ބައްދަލުކުރެއްވުމަކީ މިހާތަނަށް ދިވެހިރާއްޖޭގެ ތާރީހުގައި އެއްވެސް ވެރިއަކު ކުރައްވާފައި ނުވާކަމެއް ކުރެއްވިކަން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު  ވިދާޅުވެއްޖެއެވެ. 
ސަންގުޓީވީގެ ހަބަރަށްފަހު ގައި ވާހަކަފުޅު ދައްކަަވަމުން ސައީދު ވިދާޅުވީ ރައީސް ކައުންސިލްތަކަށް ވަޑައިގެން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް ކުރިއަރުވާ ކޮމިޓީތަކާ ބައްދަލު ކުރެއްވުމުން އެނގިގެން ދިޔައީ ވަރަށް ވަރަށް ވެސް ގިނަ ފަރާތްތަކެއްގެ ވަރަށް ގިނަ ވާހަކަތަކެއް އަމިއްލަފުޅަށް އަޑުއައްސަވައި، ވަގުތުދެއްވިކަމަށާއި މިއީ އެއްވެސް ދުވަހަކު ކައުންސިލްތަކަށް ލިބިފައިވާ ކަމެއް ނޫން ކަމަށެވެ. 
ގިނަ ކައުންސިލުން ވިދާޅުވީ އިސްވެ ރައީސަކާ ބައްދަލުވާން މާލެ ގޮސްގެން ވެސް އެތައްދުވަހެއް ވާފަހުންވެސް ރާއްޖޭގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކާ ބައްދަލުވެފައިވަނީ މަދުފަހަރެއްގައި ކަމަށެވެ. 
ރައީސް އިސްވެ އިސްނަންގަވައިގެން ގައުމުހަމައަކަށް އެޅުވުމުގެ ބުރަ މަަސައްކަތް ކުރައްވަމުން ވަޑައިގެން، ކެމްޕެއިންގެ ވައުދުފުޅުތައް ލިޔެވި ފެންނަހެން ކޮންމެ ކައުންސިލް އޮފީހެއްގައި އޮންނާނެ ކަމަށާއި މިހާ ބޮޑު އިތުބާރެއް އުފެދުނީ ބަހާއިއަމަލާ ދިމާވާތީ ކަމަށް ސައީދު ވިދާޅުވިއެވެ. 
ގޮންޖެހުންތަކެއް އެބަހުރި ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ 2018ގަ ވެރިކަން ނިމުނުއިރު އިގުތިސާދީ ކުރިއެރުންތަކެއް، އުމްރާނީ ތަރައްގީއަށް ކުރިއެރުން ތަކެއް ރާއްޖެއަށް އައިސްފައި އޮތްނަމަވެސް 2018އިގެ ވެރިކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރާއްޖެ އިގުތިސާދީ އަނދިރި ވަޅުގަނޑަކަށް ވައްޓާލާފައިކަމަށެވެ. 
ކޮވިޑުގެ ހާލަތު ރާއްޖެއަށް ކުރިމަތިވި ނަމަވެސް ބޭރުގެ ގައުމުތަކުގެ ބޮޑެތި އެހީތައް ލިބުނުކަމަށާއި ވީގެއްލުމަށްވުރެ އައީ ރިކަވަރީއެއް ކަަމަށާއި ކޮވިޑަށް ކުރި ހަރަދަށް ވުރެ ލިބުނު ހިލޭގެ އެހީ ނުހަނު ބޮޑު ކަމުގައެވެ. 
"އުމްރާނީ ގޮތުން، ބޮޑެތި އިންވެސްޓްތަކެއް ނުކުރާއިރު އިންޑިޔާގެ ލައިންއޮފް ކްރެޑިޓްގެ ގޮތުގައި ދެ ބިލިއަނަށް ވުރެ ބޮޑު އެމެރިކަން ޑޮލަރުގެ ލޯނެއް ނަގާފައިވާއިރު އެލޯނުގެ ބޮޑުބައު ހޭދަކޮށްފައިވަނީ ރިކަރަންޓް އެކެސްޕެންޑިޝަނަށް ނުވަތަ ދުވަހުން ދުވަހުގެ ސަރުކާރު ހިންގުމުގެ ހަރަދަށް، އާމްދަނީއަކަށް އިންވެސްޓްކޮށްފައެއް ނުވަތަ އިންވެސްޓްމަންޓަކަށް ފަހުން ބަދަލުވާނެ އެއްވެސް ކަހަލަ ވަަރުގަދަ އެސެޓެއް ކްރިއޭޓް ކޮށްފައެއް ނެތް. އެންމެ ކުޑަމިންވަރަކަށް ބަލާނަމަ ބުރިޖުވެސް ފެނުން މައްޗަށް ނާރާ، އިންޖިނިއަރިންގ ގެ ބޮޑު ފޭލިއަކަށް ވެގެން ގޮސްފައި އޮތީ 
އެތެރޭގެ ދަރަންޏާއި ބޭރުގެ ދަރަންޏާ 122 ބިލިއަން ރުފިޔާގެ ދަރަނި އަރާފައި އޮތް އިރު ސާލިހުގެ ވެރިކަން އެކަނި، ތާރީހުގެ ހުރިހާ ބޭފުޅުންގެ ދަރަންޏާ ނުބައްދަލު، އެހާ ބޮޑު، 9000މިިލިއަން ރުފިޔާގެ ފައިސާ ކުދިމެދުފަންތީގެ ވިޔަފާރިވެރިތަކަށް އަދާނުކޮށް ނުދައްކާ އެބަ ހުރި، ބިލުތަކުގެ ރަނގަޅު އިންވެންޓްރީއެއް ބެލެހެއްޓިފައެއް ނެތް، ވިޔަފާރިވެރިންނަށް ދެވިފައި ނެތުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގައި ސާކިއުލޭޓް ވާންޖެހޭ ވަރަށް ގިނައަދަދެއްގެ ފައިސާ ހިފެހެއްޓިފައި ހުރިއިރު، ހިފެހެއްޓުމެއް ނެތި ފައިސާ ޕްރިންޓް ކުރަމުން ދިޔައީ، ޗާޕު ކުރަމުން ދިޔައީ، ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާގެ ނަގުދު ފައިސާ މާކެޓަށް ނެރެ އޭގެ އަގު ޑޮލަރުގެ ކުރިމަތީގައި ވަރަށް ބޮޑަށް ވެއްޓިގެން ގޮސް، ނުވަތަ ވައްޓާލާފައި އޮތީ،" 
މިއީ ރައީސް މުއިއްޒުގެ މިސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ އިގުތިސާދީ ހާލަތު ހުރި ގޮތް ކަަމަށާއި މިހާތަނަށް އައިއިރުވެސް އެންމެ ފަސް މަަސް ތެރޭގައި ރައީސް ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ގެނެސްދެއްވާފައިކަމަށާއި ރައްޔިތުން އެދޭ ގޮތަށް ގައުމަށް ކުރިއެރުން، ތަަރައްގީ ގެނެސްދެއްވާނެ ކަމަށެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ