އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ޑރ. އަލީ ޒާހިރާއި ޑރ. މޫސާ އަންވަރު

މި ދެ ބޭފުޅުންގެ އިތުރުން ދެން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގައި ހިމެނެނީ ޑރ. މުހައްމަދު ރަޝީދު އިބްރާހިމް އާއި ޑރ. އަަބްދުއްސައްތާރު އަބްދުއްރަހްމާން އާއި އައްޝައިހް އިލްޔާސް ހުސައިންނެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އާ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު އައްޔަނު ކުރައްވައިފި އެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލީހަށް މިއަދު އައްޔަނު ކުރައްވާފައި ވަނީ ޑރ. މޫސާ އަންވަރު ހަސަން އާއި ޑރ. އަލީ ޒާހިރު އެވެ. ޑރ. މޫސާ އަންވަރަކީ އިސްލާމިކް މިނިސްޓްރީ ގައި އިސް މަގާމެއް ގައި ހުންނެވި ބޭފުޅެކެވެ.ޑރ. އަލީ ޒާހިރު އަކީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރެވެ.މި ދެ ބޭފުޅުންގެ އިތުރުން ދެން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގައި ހިމެނެނީ ޑރ. މުހައްމަދު ރަޝީދު އިބްރާހިމް އާއި ޑރ. އަަބްދުއްސައްތާރު އަބްދުއްރަހްމާން އާއި އައްޝައިހް އިލްޔާސް ހުސައިންނެވެ. އެ މަޖިލީހުގެ ރައީސަކީ ޑރ. މުހައްމަދު ރަޝީދު އިބްރާހިމެވެ. ނާއިބު ރައީސަކީ ޑރ. އަަބްދުއްސައްތާރެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ