ރީނަނަލް ހޮސްޕިޓަލްތަކުގެ ހިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން: ހަލީލް

ސަރަހައްދީގެ ހޮސްޕިޓަލްތަކުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ހެލްތް މިނިސްޓަރު ޑރ އަބުދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތް މިނިސްޓަރު ހަލީލް ވިދާޅުވީ، ހާއްސަ ޕްލޭނެއްގެ ދަށުން ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އައިޖީއެމްއެޗުގެ ޑިމާންޑު ކުޑަކުރުމަށް އެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށާ އެގޮތުން ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް އާ ހިދުމަތްތައް ތައާރަފްކުރުމަކީ އެއް ކަންތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ، ރީޖަނަލް ހޮސްޕިޓަލްތަކުގައި މީގެ ކުރިން ނުލިބޭ އެމްއާރުއައި، ސީޓީ ސްކޭން އަދި ޑައިލިސިސް ހިދުމަތް ހުރިހާ އަތޮޅަކަށް ފުޅާކުރާނެ ކަމަށާއި އެގޮތުން ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މި އަހަރު ޑައިލިސިސްގެ ހިދުމަތް ފަށާނެކަމަށެވެ.
ރީޖަނަލް ގިނަ ހޮސްޕިޓަލުތަކަކުން މިހާރުވެސް އެމްއާރުއައި، ސީޓީ ސްކޭންގެ ހިދުމަތް މިހާރުވެސް ލިބެ އެވެ. އަދި ޑައިލިސިސްގެ ހިދުމަތްވެސް ގިނަ ރީޖަނަލް ހޮސްޕިޓަލްތަކުންނާއި ބައެއް އަތޮޅު ހޮސްޕިޓަލްތަކުންވެސް މިހާރުވެސް ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ