އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

ހުޅަނގު އޭޝިއާގެ ގައުމެއް ކަމަށްވާ އަޒަރުބައިޖާންގެ ގައުމީ އެއާލައިން، އަޒަރުބައިޖާން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.
އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރާނީ އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
އަޒަރުބައިޖާން އެއާލައިިންގެ ފުރަތަމަ ފުލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ދިވެހި ސަޤާފީ ހަރަކާތްތަކާއި އެކު ހޫނު މަރުހަބާއެއް ކިޔާފައެވެ. އެ އެއާލައިނުން ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރާނެކަމަށް އެއާލައިނުން ވަނީ ބުނެފައެވެ. މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ ބޮއިންގ 787 ޑްރީމްލައިނަރ އެއާކްރާފްޓެވެ. މި ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 6 ގަޑިއިރެވެ.
Welcome to the sunny side of life, Azerbaijan Airlines! ✈️ This winter marks the start of a new chapter as we bridge the vibrant city of Baku with the breathtaking beauty of the Maldives. Experience seamless travel and unforgettable journeys!#FlyAzal #GYDtoMLE pic.twitter.com/N6kSPm0NBo— Velana Airport (@VelanaAirport) November 9, 2024
މިއީ އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރަށް ވުމާއެކު މި ދަތުރުތަކުގެ ސަބަބުން އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އެހީތެރިވެދޭނެއެވެ. ރާއްޖެއަށް މިހާރުވެސް ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަނީ ދަތުރުކުރަމުންނެވެ.
ރާއްޖެއަށް މިހާރުވެސް ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަނީ ދަތުރުކުރަމުންނެވެ. އެގޮތުން ދާދިފަހުން ޔޫއޭއީގެ އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތަށް ރާއްޖެއަށް ފަށާފައި ވާއިރު އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ