ފޮރިން ސާވިސްގެ ބޭރުން އެމްބަސީތަކުގައި ތިބި މުވައްޒަފުންގެ ނިސްބަތް ދަށަށް

2023 ވަނަ އަހަރު އެމްބަސީތަކާއި ޑިޕްލޮމެޓިކް މިޝަންތަކުގައި ތިބި މުވައްޒަފުންގެ %71.7 އަކީ ފޮރިން ސާވިސްގެ ބޭރުން އައްޔަންކުރެވިފައިވާ މުވައްޒަފުންނެވެ. އަދި 2024 ގެ އޮކްޓޯބަރުގެ ނިޔަލަށް އެ ނިސްބަތްވަނީ 68 އިންސައްތަ ދަށްވެފަ އެވެ.
ރާއްޖެއިން ބޭރުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކާއި އެމްބަސީތަކަށް ފޮރިން ސާވިސްގެ ބޭރުން އައްޔަންކޮށްފައި ތިބި މުވައްޒަފުންގެ ނިސްބަތް މި ސަރުކާރުގަށް ދަށްވެފައިވާކަން ފޮރިން މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ. 
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިރާ"އިންވަނީ ރާއްޖެއިން ބޭރުގައި ހުރި އެމްބަސީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތަފުސީލުތައް ހޯދުމަށް ފޮރިން މިނިސްޓްރީގައި އެދިފަ އެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެމްބަސީތަކުގައި ތިބި މުވައްޒަފުންނާއި މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެމްބަސީތަކުގައި ތިބި މުވައްޒަަފުންގެ އަަދަދު ހޯދުމަށް ""މިރާ"އިން އެދުމުން އެ މައުލޫމާތު މިނިސްޓްރީންވަނީ ހާމަކޮށްފަ އެވެ. 
ފޮރިން މިނިސްޓްރީން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރު އެމްބަސީތަކުގައި 138 މުވައްޒަފުން ތިއްބެވެ. އެއިން 99 މުވައްޒަފުންނަކީ ފޮރިން ސާވިސްގެ ބޭރުން އެމްބަސީތަކަށް އައްޔަންކޮށްފައިވާ މުވައްޒަފުންނެވެ. 
މި އަހަރު ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް އަލަށް ގާއިމުކުރުމާއެކު، އެމްބަސީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދުވަނީ އިތުރުވެފަ އެވެ. އެގޮތުން އޮކްޓޯބަރުގެ ނިޔަލަށް 151 މުވައްޒަފަކު އެމްބަސީތަކުގައި މަސައްކަތްކުރެ އެވެ. އެއިން 103 މުވައްޒަފުންނަކީ ފޮރިން ސާވިސްގެ ބޭރުން އައްޔަންކުރެވިފައިވާ މުވައްޒަފުންނެވެ. 
އެހެންކަމުން 2023 ވަނަ އަހަރު އެމްބަސީތަކާއި ޑިޕްލޮމެޓިކް މިޝަންތަކުގައި ތިބި މުވައްޒަފުންގެ %71.7 އަކީ ފޮރިން ސާވިސްގެ ބޭރުން އައްޔަންކުރެވިފައިވާ މުވައްޒަފުންނެވެ. އަދި 2024 ގެ އޮކްޓޯބަރުގެ ނިޔަލަށް އެ ނިސްބަތްވަނީ 68 އިންސައްތަ ދަށްވެފަ އެވެ. 
ފާއިތުވި އަހަރު ރާއްޖެއިން ބޭރުގައި ހުރި އެމްބަސީތަކާއި މިޝަންތަކުގެ މުވައްޒަފުންނަށް ޖުމްލަ 186.9 މިލިއަން ރުފިޔާ ހަރަދުވި އެވެ. މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ބޭރު މިޝަންތަކުގައި ތިބޭ މުވައްޒަފުންނަށް ހަރަދުވެފައިވަނީ 168.2 މިލިއަން ރުފިޔާ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ