ފަހުރުވެރި އުމަރު ޒާހިރު އެވޯޑް ވެލިދޫ މަގު ހަދާ ސައިޓަށް ލިބިއްޖެ

މަގު ހެދުމުގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މަސައްކަތު ސައިޓްތަކުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތް ހިނގާ ސައިޓްތަކަށް އެ ކުންފުނިން ދޭ އެވޯޑް، އުމަރު ޒާހިރު އެވޯޑް ވެލިދޫ މަގު ހެދުމުގެ މަސައްކަތް ކުރާ ސައިޓަށް ލިބިއްޖެ އެވެ.
މާލޭގައި މުނިސިޕަލްޓީ ހިދުމަތްތައް ތަރައްގީކޮށް އެ ހިދުމަތްތައް ދިނުމުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރި، މިހާރު ނިޔާވެފައިވާ އުމަރު ޒާހިރުގެ ނަމަށް ހާއްސަކޮށްފައިވާ އެ އެވޯޑް ވެލިދޫ މަގު ހަދާ ސައިޓަށް ލިބުނުކަން އިއުލާންކޮށްފައި ވަނީ އާރުޑީސީއަށް ތިން އަހަރު ފުރުމާ ގުޅިގެން ރޭ މާލޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
އާރުޑީސީގެ ސައިޓްތަކުގެ ތެރެއިން ހުރިހާ މަސައްކަތްތަކެއް ވެސް އެންމެ ރަނގަޅަށް ހިނގާ ސައިޓްތަކަށް އަހަރަކު އެއް ފަހަރު ދޭ ގޮތަށް މިއަހަރު އަލަށް ތައާރަފްކުރި އެ އެވޯޑާ، ވެލިދޫ ސައިޓްގެ ފަރާތުން ހަވާލުވީ ސީނިއާ ރޯޑް ކޮންސްޓްރަކްޝަން އޮފިސާ މުހައްމަދު ފާރޫގެވެ. އަދި އެވޯޑްގެ ސެޓްފިކެޓާ ހަވާލުވީ ސައިޓް ސުޕަވައިޒާ ސިމާހު އަލީ އެވެ.
ހަފްލާގެ އެންމެ ޝަރަފުވެރި އެ އެވޯޑް ހަވާލުކޮށްފައި ވަނީ ނައިބު ރައީސް އެވެ.
އެ އެވޯޑް ލިބުމާ ގުޅިގެން ސިމާހު ބުނީ ވެލިދޫ ސައިޓަށް ލިބުނު މި ޝަރަފުވެރި އެވޯޑަކީ ވެލިދޫ ސައިޓުގެ ހިވާގި އަޒުމް ވަރުގަދަ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ލިބުނު އެވޯޑެއް ކަމަށެވެ. އަދި ވެލިދޫ ސައިޓްގެ ހުރިހާ މުވައްޒަފުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި ކައުންސިލާއި ރަށުގެ ރައްޔިތުންނަށް އޭނާ ޝުކުރު އަދާކުރި އެވެ.
"ވެލިދުއަށް ތިޔަ ހޯއްދަވާ ދެއްވި ރީތިނަމާ ފަހުރަށް ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން. ހަމަ އެހެންމެ ވެލިދޫގެ މުއައްސަސާތައް، ހާއްސަކޮށް ވެލިދޫ ކައުންސިލުން ދެއްވާ ފުރިހަމަ އެއްބާރުލުން ފާހަގަކުރަނީ ޝުކުރުވެރި ކަމާއެކު. ވަރަށް ބޮޑަށް ޝުކުރިއްޔާ،" ސިމާހު ބުންޏެވެ.
މި އަހަރުގެ މޭ މަހުގެ ތެރޭގައި ރަސްމީކޮށް ފެށި ވެލިދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ސޯސަން މަގުގެ ދުވާރުގައި ގާ އެތުރުމާއި އޯކިޑް މަގުގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތެވެ.
ވެލިދޫ ސައިޓްގެ އިތުރުން އުމަރު ޒާހިރު އެވޯޑް ދެން ލިބިފައި ވަނީ:
ވެލިދޫގައި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހެދުމަށް ނިންމާފައި ވަނީ 10 މަގެކެވެ. މި މަސައްކަތް އާރުޑީސީން ނިންމަން ޖެހޭނީ 8 ފެބުރުއަރީ 2023 އަށެވެ.
ވެލިދޫގައި ތާރު އަޅައިގެން ޒަމާނީ މަގުތައް ހެދުމުގެ މަޝްރޫއަކީ 88.5 މިލިއަން ރުފިޔާގެ މަޝްރޫ އެކެވެ. އެ މަޝްރޫއަށް ހަރަދު ކުރަނީ ސީދާ ދައުލަތުގެ ބަޖެޓުންނެވެ. އެ މަޝްރޫ ހިންގަން ބަޖެޓުގައި ހިމަނަން ފެށީ 2020 ވަނަ އަހަރު އެވެ.
ވެލިދޫގައި ހަދާ މަގުތަކަކީ:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ