މޮޅަދޫ އާއި ކުރެންދޫގެ ބާ އިންޖީނުގެ ނިއްވާލައި އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފި

މޮޅަދޫ އާއި ކުރެންދޫގެ ޒަމާންވީ އިންޖީނުގެ ނިއްވާލައި އާ އިންޖީނު ގެއިން ރައްޔިތުންނަށް ހިދުމަތް ދޭން ފަށައިފިއެވެ.
މި ރަށްރަށުގައި އާ އިންޖީނުގެ އަޅައިދީ އެ ހިދުމަތް ދޭން ފަށާފައި ވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
ފެނަކަ އިން ބުނީ، ހއ. މޮޅަދޫގައި 13 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެނދަބުޅި އަރަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާފައިވާ ކަމަށެވެ. އަދި އިއްޔެގެ ހަވީރު 17:28 އިން ފެށިގެން މުޅިން އާ އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
ހަމައެއާއެކު ޅ. ކުރެންދޫގައި 18 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެނދަބުޅި އަރަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާފައި ވާއިރު، އިއްޔެގެ ހަވީރު 16:57 އިން ފެށިގެން އެ ރަށުގައި މުޅިން އާ އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
މި 2 ރަށުގެ އިތުރުން ވެސް މީގެ ކުރިން އެތައް ރަށްރަށުގެ ރައްޔިތުން ހިންގަމުން ދިޔަ އިންޖީނުގެތައް ވަނީ އާ އިންޖީނުގެއަށް ބަދަލު ކޮށްފައެވެ. އެގޮތުން މީގެ 29 އަހަރު ކުރިން ވ. ވޭވަށުގައި ބޭނުން ކުރަމުން އައި އިންޖީނުގެ ވަނީ އާ އިންޖީނު ގެއަކަށް ބަދަލު ކޮށްފައެވެ. މީގެ އިތުރުން ހއ އުލިގަމާއި ގދ ނަޑެއްލާ އިންޖީނުގެވެސް ވަނީ ޒަމާނީ ކޮށް، ބާ އިންޖީނުގެތައް ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ