ސްޓެލްކޯއަށް 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމުން ކަރަންޓު ކަނޑާލައިފި

ސްޓެލްކޯއަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމް ހައުސް އިން ކަރަންޓް ކަނޑާލައިފިއެވެ.
ސްޓެލްކޯއިން ބުނީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ ކުންފުންޏަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާފައި ވާނެ ކަމަށާއި އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ވެސް ދީފައި ވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެފަދަ ޕްލޭނެއް ވެސް ހުށަހަލާފައި ނުވާ ކަމަށާއި އެހެންކަމުން އެފްއޭއެމް ހައުސްއިން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަދި މި ފައިސާ ނުދައްކާ ނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ވިސްނަމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއަށް ދޭން ޖެހޭ ކަމަށް ބުނާ ފައިސާތަކެއް އެފްއޭއެމުން ނުދޭ މައްސަަލައެއް ފެންމަތި ވެފައިވާ އިރު އެފްއޭއެމުން ކުޅުންތެރިންނާއި ކޯޗަށް ދޭން ޖެހޭ ފައިސާ ތަކެއް ނުދޭ މައްސަލަަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
ހަމައެއާއެކު މިދިޔަ އަހަރު ތެރޭ އެފްއޭއެމްގެ ބައެއް މުއައްޒަފުންނަށް މުށަރަ ނުދޭ މައްސަލައެް ފެންމަތިވެފައިވާ އިރު އެ މުވައްޒަފުން ވަނީ ވަޒީފާއިން ވަކި ކޮށްފައި ކަމަށާއި އަދި އެއީ އެފްއޭއެމްގެ އޮނިގަނޑަށް ގެންނަ ބަދަލެއް ކަމަށް އެފްއޭއެމުން ބުނެފައި ވެއެވެ. ނަމަވެސް އެފްއޭމްގެ ކުރީގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެފައި ވަނީ އެފްއޭއެމް ބަނގުރޫޓްވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ