ރައީސްގެ ކެމްޕެއިން ނިންމަން މުޅި ރާއްޖޭގައި މާދަމާ ހަވީރު ހާއްސަ ހަރަކާތެއް

އެމްޑީޕީގެ އިސް ލީޑަރު / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމާލުމުގެ ގޮތުން މާދަމާ ހަވީރު، މުޅި ރާއްޖޭގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާ ރިޔާސީ ޕްރައިމަރީގެ ވޯޓް ނެގުމަށް ދެން އޮތީ 48 ގަޑިއިރަށް ވުރެ މަދު ވަގުތުކޮޅެކެވެ. ދެ ރައީސުން ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން ބުނީ އެމަނިކުފާނު ފެއްޓެވި ކެމްޕެއިން ނިންމާލުމުގެ ގޮތުން މާދަމާ ހަވީރު މުޅި ރާއްޖޭގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މާލެ ސަރަހައްދުގައި ހަރަކާތް އޮންނާނީ ހުޅުމާލެ ރުއްގަނޑު -1 ސަރަހައްދުގައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖަގަހަ ތަކުގައި އެ ހަރަކާތް ކުރިއަށް ގެންދާނެ އެވެ.ހަރަކާތް ފެށޭނީ ހަވީރު 4:30 ގައެވެ. ރައީސްގެ ކެމްޕެއިން ޓީމުން ވަނީ ވީހާވެސް ގިނަ ބަޔަކު އެ ހަރަކާތްތަކުގައި ބައިވެރިވެ ދިނުމަށް އެދިފައެވެ.
ރައީސް ސޯލިހް މިހާރު ގެންދަވަނީ އައްޑޫ ސިޓީއަށް ދަތުރު ކުރައްވަމުންނެވެ. މިރޭ އެ ސިޓީގައި ބޮޑު ޖަލްސާ އެއް ބާއްވާނެ އެވެ.އަދި މިރޭ ދަންވަރު އެނބުރި މާލެ ވަޑައިގަންނަވާނެ އެވެ. މާދަމާ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ބާއްވާ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސް ނަޝީދުގެ ކެމްޕޭން ކަލަންޑަރު ބުނާ ގޮތުން މިރޭ 8:30 ގައި ކެމްޕެއިން ނިންމުމުގެ ގޮތުން ހާއްސަ ޖަލްސާއެއް އޮންނާނެ އެވެ. މިއީ ގިނަ ބަޔަކު ބައިވެރިވާނެ ބޮޑު ޖަލްސާއަކަށް ވާނެ ކަމަށް ބެލެވެއެވެ.ކެމްޕެއިންގެ އެންމެ ފަހު ހަރަކާތަކަށް ލަކަންޑަރުގައި އޮތީ ހުކުރު ދުވަހުގެ ހަވީރު މާލޭގައި އޮންނަ ހިނގާލުމެކެވެ. ހިނގާލުން އޮތީ އެ ދުވަހުގެ ހަވީރު 4:30 ގައެވެ.އެމަނިކުފާނު އިއްޔެ ވަނީ އަތޮޅުގެ ކެމްޕެއިން ނިންމަވާލައްވާފައެވެ. އެންމެ ފަހުން ވަޑައިގަތީ ދެކުނުގެ ދެ ސިޓީ ފުވައްމުލަކާއި އައްޑޫ ސިޓީއަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ