މާލޭ އިމާރާތެއްގެ 6 ވަނަ ފަންގިފިލާގައި ހުރި އޭސީއެއް ސާވިސް ކުރުމުގެ ތެރޭގައި، އޭގެ އައުޓްޑޯ ޔުނިޓް މަގުމައްޗަށް ވެއްޓިއްޖެއެވެ.
މި ހާދިސާ ހިނގީ އިއްޔެ ހަވީރު ގަޑިން 4:46 ހާއިރު އިސްކަންދަރު މަގުގައި ހުރި ގެއެއް ކައިރިން ކަމަށް މައުލޫމާތު ލިބެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ސަރަހައްދަށް އޭސީ އައުޓްޑޯ ސައިކަލުތައް މައްޗައް ވެއްޓިފައިވަނީ ވަރަށް ގިނަ މީހުން އެ ސަރަހައްދު ކައިރީގައި ތިބި ވަގުތެއްގައެވެ. އަދި ސަރަހައްދުގައި ތިބި މީހުން ސިއްސައިގެން ދިޔަ މަންޒަރު ވީޑިއޯ އިން ފެނެއެވެ.
އައުޓްޑޯ ޔުނިޓު ވެއްޓުނު ސައިކަލަށް ވެސް ވަނީ ގެއްލުން ވެފައެވެ.
ގިނަ ގޭގޭގައި އައުޓްޑޯ ޔުނިޓް ހުންނަނީ ވައިގޮޅިން ބޭރުގައެވެ. އެގޮތަށް ހުންނަ އޭސީ ސާވިސް ކުރުމުގެ ކަންކަން ކުރާއިރު ވައިގޮޅިން ބޭރަށް ދާންޖެހޭއިރު، އެ މަސައްކަތުގައި އުޅުމުގެ ތެރޭގައި މީގެ ކުރިން މީހުން ވެސް ވެއްޓި ހާދިސާ ހިނގާފައިވެއެެވެ.
އޭސީގެ އައުޓްޑޯ ޔުނިޓެއް ސައިކަލުތަކެއް މައްޗައް ވެއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ