ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް: ފޯރި ގަދަ ދެ މެޗް މިއަދު ހަވީރު!

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ހއ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" ގެ ފޯރި ގަދަ ދެ މެޗް މިއަދު ހަވީރު ކުޅޭނެ އެވެ.އެގޮތުން މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އެންވީކޭ އާއި ހޯރަފުށީ ޓީމް ހިޔާ އެވެ. އަދި އެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ދިއްދޫ ބާރަލާ ސްޕޯޓްސް ކްލަބް އާއި މޮޅަދޫ ޔަންގް ބްލަޑް އެވެ. މި މުބާރާތުގެ ދެ މެޗެއް އިއްޔެ ވަނީ ކުޅެފަ އެވެ. އެގޮތުން އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މޮޅަދޫ ޔަންގް ބްލަޑް އާއި ހޯރަފުށީ 22 ސްޕޯޓްސް ކްލަބް އެވެ. މި މެޗް ކާމިޔާބު ކުރީ ޔަންގް ބްލަޑް އެވެ. ޔަންގް ބްލަޑް އިން 3 ލަނޑު ޖެހިއިރު 22 ސްޕޯޓްސް ކްލަބް 2 ލަނޑު ޖެހި އެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ހޯރަފުށީ ޓީމް ހިޔާ އާއި ހަމަ އެރަށު އެފްސީ ފްރިގޭޓާރ އެވެ. 4 ލަނޑު 3 ލަނޑުން މެޗު ކާމިޔާބު ކުރީ އެފްސީ ފްރިގޭޓާރ އެވެ. މި މަހު 26 އިން 30 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުޓްސަލް ކުޅޭ ޒުވާނުންގެ ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، ކުޅުންތެރިން އަދި ފުޓްސަލް ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ