އައްޑުއަށް ވަޑައިގެން ރައީސް "ކުޅުއްވީ ޑްރާމާ" ކަމަށް ވިދާޅުވުމުން އިހުސާންގެ ނުރުހުން: މަޝްރޫއުތައް ނިންމަން މޭޔަރެއް ނޫޅޭ!

އައްޑުއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު "ކުޅުއްވީ ޑްރާމާ" ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވުމުން ހޯމް މިނިސްޓަރު އަލީ އިހުސާން ނުރުހުން ފާޅުކުރައްވައިފިއެވެ. އައްޑޫ ސިޓީ ފޭދޫ މަގުއްދޫ ދާއިރާގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން، މިދިޔަ ދެ އަހަރު އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް ކުރީ އުނދަގޫ ކަމަށް އިހުސާން ވިދާޅުވި ކަމަށް ބުނެ ނޫހަކުން ރިޕޯޓުކުރި ޚަބަރެއް ސޯޝަލް މީޑިއާގައި ޝެއާކުރައްވައި ނިޒާރު ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. އެގޮތުން މިދިޔަ ނޮޮވެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ވަޑައިގެން، އެމަނިކުފާނުގެ ސަރުކާރުގެ އިސްބޭފުޅުންނާއި ޚުދު އޭނާގެ ވެސް ހާޒިރުގައި 14 ތަނެއްގެ ބިންގާ އަޅައި "ޑްރާމާ ކުޅުއްވީ" ކައުންސިލުން ބިން ނުލިބިތޯ ސުވާލު އުފައްދަވައިފައެވެ. އަދިވެސް އުޅުއްވަނީ ރިޔާސީ އިންތިޚާބު ތެރޭ ގޭތެރޭ ސްކްރީން ބަހައްޓަވައިގެން ޕޮލިސް އެކަޑަމީ ތެރެއިން އިންޑިއާ ސިފައިންނާއި ބަޑި ދެއްކިހެން ރައްޔިތުން ގުނބޯ ހައްދަވަންތޯ؟ އައްޑޫގެ މޭޔަރު އަލީ ނިޒާރު ނިޒާރުގެ އެ ޕޯސްޓަށް ރައްދުދެއްވައި އިހުސާން ކުރެއްވި ކޮމެންޓުގައި ވަނީ ތިން ކަމެއް ފާހަގަކުރައްވައިފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރުގައި ރައީސް މުއިއްޒު އައްޑުއަށް ވަޑައިގެންނެވިއިރު އޭނާ އެ ދަތުރުގައި ނުދާ ކަމަށާއި، އޭރު ރާއްޖޭގައި ވެސް ނުހުންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންކަމުން 'މޭޔަރު ކުޅުއްވި ޑްރާމާއެއް ނުދެކޭ' ކަމަށް އިހުސާން ވިދާޅުވިއެވެ. ހަމައެއާއެކު ރައީސްގެ ދަތުރުފުޅުގައި އައްޑޫގައި ބިންގާ އެޅުއްވި 14 ތަން، މި ދައުރު ތެރޭގައި ނިންމައި، ހުޅުވާނެ ކަމަށާއި، އެތަންތަނުން ރައްޔިތުންނަށް ޚިދުމަތް ވެސް ދޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ތަންތަން ބިނާކުރަން މަސައްކަތް ފެއްޓުމުން މޭޔަރުގެ ހައިސިއްޔަތުން އެކަން ސިފަކުރެއްވީ "ޑްރާމާ ކުޅުމުގެ" ގޮތުގައިނަމަ އެ ޕްރޮޖެކްޓުތައް ނިންމަން މޭޔަރުގެ ޝައުގުވެރިކަން ހުރިވަރު ރައްޔިތުންނަށް ސާފުވާނެ، ހޯމް މިނިސްޓަރު އަލީ އިހުސާން އެފަދައިން ވިދާޅުވެ އިހުސާން ވަނީ މަރަދޫގައި ޕޮލިސް ސްޓޭޝަން އަޅަން އައްޑޫ ސިޓީ ކައުންސިލުން ބިމެއް ކަނޑައަޅައި، އެ ބިމުގެ ރަޖިސްޓްރީ ހަދައި ފުލުހާއި ހަވާލުކޮށްފިންތޯ މޭޔަރާ ސުވާލުކުރައްވައިފައެވެ. އަދި އެކަން ނުކުރާނަމަ ތާކުންތާކު ނުޖެހޭ ވާހަކަ ނުދައްކާ އެކަމާ އުޅުމަށް ވަނީ ގޮވާލައިފައެވެ. އޭރުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެތަން އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ. ނަމަވެސް ބިން ކަނޑައަޅައި، ރަޖިސްޓްރީ ފުލުހާއި ހަވާލުކޮށްފައި އޮތްނަމަ މޭޔަރާއި، ސިޓީ ކައުންސިލް އަދި ރައްޔިތުންގެ ކިބައިން މައާފަށް އެދޭނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. ހަމައެއާއެކު މީހުން ދައްކާ ވާހަކައިގެ އަސްލު އޮޅޭ ގޮތަށް ނޫސްތަކުގައި ލިޔެފައި ހުންނަ ހެޑްލައިން އެކަނި ކިޔައި، ރައްދު ދިނުމުގެ ބަދަލުގައި އޭނާ ދެއްކި މުޅި ވާހަކަ އަޑު އަހާލުން މުހިންމު ކަމަށް ވިދާޅުވެ އިހުސާން ވަނީ ރައްދު ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ