މައުމޫން ފައުންޑޭޝަނުން އިޚްޔާގެ 4 ޖަލްސާއެއް

ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރަން މައުމޫން ފައުޑޭޝަނުން މި ރަމަޟާން މަހު ހަތަރު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ކުރީގެ މައުމޫން އަބްދުލް ގައްޔޫމްގެ ފައުންޑޭޝަނުން މިއަދު ބުނީ އެ ޖަލްސާތައް އޮންނާނީ މި މަހުގެ 24 އާއި އަންނަ މަހުގެ 3 އާއި 10 ގެ އިތުރުން 17 ވަނަ ދުވަހުގެ ރޭ ކަމަށެވެ.
އެ ޖަލްސާތައް ބާއްވާނީ އިސްލާމީ މަރުކަޒުގެ ހޯލުގަ އެވެ. އަދި ޖަލްސާތައް ބާއްވަން ނިންމި ރޭތަކުގައި ޖަލްސާގައް ފަށަން ނިންމާފައި ވަނީ 10:00 ގަ އެވެ. މި އިހްޔާ ޖަލްސާތަކުގައި މައުމޫންގެ އިތުރުން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވާހަކަ ދައްކަވާނެ އެވެ.
އެހެންވެ މައުމޫން ފައުންޑޭޝަނުން ކުރިއަށް ގެންދާ އިހްޔާ ޖަލްސާތަކުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ދައުވަތު އަރުވާ ކަމަށް ފައުންޑޭޝަނުން ބުންޏެވެ.
އިސްލާމިކް މިނިސްރީން އިންތިޒާމުކޮށްގެން މި އަހަރު ކުރިއަށް ގެންދާ އިހްޔާ ފޯރަމްގެ ތެރެއިން ފުރަތަމަ ފޯރަމް މިރޭ އޮންނާނެ އެވެ. އެ ފޯރަމްގައި ތަގުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ