އިންވެސްޓްމެންޓް ފުރުސަތުތަކުގެ މައުލޫމާތު ޗައިނާ އަދި މެލޭޝިއާގެ އިންވެސްޓަރުންނަށް

ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭ މައުލޫމާތު ޗައިނާ އަދި މެލޭޝިއާގެ އިންވެސްޓަރުންނަށް ދީފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔާފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަތުތަކާގުޅޭ މައުލޫމާތު ޗައިނާ އަދި މެލޭޝިއާގެ އިންވެސްޓަރުންނާ ހިއްސާކޮށްފައިވާ ކަމަށެވެ. ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގައި ކުރިއަރަމުން އަންނަ މުހިންމު ދާއިރާތަކާއި، ވިޔަފާރިކުރުމަށް ރާއްޖޭގެ ގާނޫނީ އޮނިގަނޑާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ވިދާޅުވިއެވެ.
އަދި އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް ކުރިއަށް ރޭވިފައިހުރި މަސައްކަތްތަކާގުޅޭ މައުލޫމާތުތައްވެސް ދީފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.
ފޮރިން އިންވެސްޓްމެންޓް ޤާނޫތައް ޒަމާނަށް ފެއްތުމުގެ މަސައްކަތާއެކު، މިހާރުވަނީ ޤާނޫނު އިސްލާހުކޮށް، އެއާގުޅޭ އުސޫލުތައް ތަޢާރަފްކޮށްފައެވެ. މިއާއެކު ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ނިޒާމެއް މިހާރު ތަޢާރަފް ކުރެވިފައިވާކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ގެނައި އިސްލާހުތަކުން ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ ކަމަށް މީގެކުރިން ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ