އެމެރިކާއާއި އީރާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިނަމަވެސް ހަނގުރާމަ ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ހޫތީން ދީފިއެވެ.
ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫތީ ޖަމާއަތުގެ ލީޑަރު އަބްދުލް މާލިކް އަލް-ހޫތީ ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ކަމުގައިވިޔަސް، އޭނާގެ ޖަމާއަތުން ކުރިއަށްގެންދާ ބޮޑު ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ ސިޔާސަތުތަކާއި، ނަތަންޔާހޫ އިސްވެ ހުރެ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަށް ހޫތީން ދަނީ ފާޅުގައި ގޮންޖަހަމުންނެވެ. އަދި އެމެރިކާއާއި އިސްރާއީލުގެ އިސްވެރިންނަކީ "ދުނިޔޭގެ ސުލްހައަށް އޮތް ނުރައްކަލެއް" ކަމަށް ސިފަކޮށް، އެމީހުންގެ ނުފޫޒު މި ސަރަހައްދުން ކަނޑުވާލާނެ ކަމަށްވެސް ހޫތީން ބުނެއެވެ.
އެމެރިކާއާއި އީރާން އެއްބަސްވިޔަސް ހަނގުރާމަ ކުރިއަށްދާނެ: ހޫތީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ