އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ1 ވަނަ ދުވަހަށް ހުޅުވާލާފައިވާއިރު ފޯމު ހުށަހަޅަން ޖެހެނީ އޮންލައިންކޮށެވެ.
ތަފްސީލް - އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ހާއްސަ ޕޯޓަލް އެއް ކަނޑައަޅާފައިވާއިރު ފޯމު ހުށަހެޅޭނީ ރަސްމީ ގަޑިތަކުގައި ކަމަށް އިލެކްޝަންސް އިން ބުންޏެވެ.
އެގޮތުން
ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު8:30 އިން މެންދުރު ފަހު3:30 އަށް
ހުކުރު ދުވަސްދުވަހުގެ މެންދުރު ފަހު3:30 އިން ހަވީރު6 އަށް
ފޯމު ހުށަހެޅުމުން ކެންޑިޑެސީއާމެދު ނިންމާ ގޮތް ވެސް އަންގާނީ ޕޯޓަލް މެދުވެރިކޮށް
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި މެންބަރުންގެ އިތުރުން ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން އިންތިހާބު ކުރާނެ އެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި އެ ކޮމެޓީތަކަށް ރައީސުންނާއި މެންބަރުން އިންތިހާބު ކުރާނެ އެވެ.
ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ