އެންމެ މަގުބޫލު ލީޑަރަކީ ޔާމީން: 391 މީހުންގެ މެދުގައި ނެގި ބާނި ސާވޭ

މިހާރު މުޅި ރާއްޖޭގައި އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް 391 މީހުންގެ މެދުގައި ބާނި ސެންޓަރު ފޯ އިންޓަނޭޝަނަލް ޕޮލިސީން ޖަމިއްޔާއިން ނެގި ޕޯލްއަކުން ދައްކާފައިވާ ކަމަށް އެ ޖަމިއްޔާއިން މިއަދު ބުނެފިއެވެ. ޔާމީން ގެންދަވަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާ ހަރަކާތްތައް ބާއްވަވަމުންނެވެ. ބާނި ޖަމިއްޔާއިން ވަނީ ރާއްޖޭގެ ހަ ސިޔާސީ ލީޑަރަކު 10 އިން ރޭންކްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ޔާމީނާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލެވެ. އެ ޖަމިއްޔާއިން މި ޕޯލްއަށް ނޮވެންބަރު 23 އިން ފެށިގެން މިދިޔަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް 391 މީހެއްގެ ޖަވާބު ހޯދާފައިވެއެވެ. އެ މީހުންގެ ޖަވާބަށް ބަލައި، ބާނި ޖަމިއްޔާއިން އާންމުކުރި ރޭޓިންގައި އެންމެ މަތިން މާކްސް ލިބުނީ ޔާމީނަށެވެ. އެ މަނިކުފާނަށް ވަނީ 5.6 ގެ ރޭޓިންއެއް ލިބިވަޑައިގެންފައެވެ. ދެވަނައަށް 5.3 ގެ ރޭޓިންއެއް ލިބިވަޑައިގެންނެވީ ރައީސް މުއިއްޒަށެވެ. https://sun.mv/215769 އަދި، ނަޝީދަށް 4.9 ގެ ރޭޓިންއެއް ލިބިވަޑައިގެންއިރު، ޞާލިޙަށް ލިބިވަޑައިގަތީ 4.5 ގެ ރޭޓިންއެކެވެ. އަބްދުﷲ ޝާހިދަށް 2.3ގެ ރޭޓިންއެއް ލިބިވަޑައިގެންއިރު ފައްޔާޒަށް ލިބިވަޑައިގަތީ 2.1 ގެ ރޭޓީންއެކެވެ. ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އަންދާޒާގައި ވާގޮތުން ރާއްޖޭގެ ވޯޓުލެވޭ އާބާދީއަކީ 274،000 ކަމަށާއި އެހެންވެ 384 މީހުންގެ ޖަވާބުން 95 އިންސައްތަ ޔަގީންވާ ނަތީޖާއެއް ނެރެވޭނެ ކަމަށް ރިޕޯޓުގައިވެއެވެ. މީގެ ކުރިން ބާނި ޖަމިއްޔާއިން ނެގި ޕޯލްއަކުން ވަނީ 62 އިންސައްތަ މީހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތް 'އެޕްރޫވް'ކުރާ ކަމަށް ނުވަތަ އެ މަނިކުފާނަށް ތާއީދުކުރާ ކަމަށް ވެސް ދައްކާފައެވެ. އެއީ، ރައީސްގެ އެޕްރޫވަލް ރޭޓިން ނުވަތަ ތާއީދު ހުރި މިންވަރު ވަޒަންކުރި ނެގި ސާވޭއެކެވެ. https://sun.mv/215486 މި ސަރުކާރުން ވެރިކަމަށް އައި ޔާމީންގެ ވެސް ތާއީދާ އެކުގައެވެ. އެކަމަކު، ސަރުކާރަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާދެއްވާފައެވެ. އެއަށް ފަހު، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި އެ މަނިކުފާނު ގެންދަވަނީ އިދިކޮޅު ސިޔާސީ ހަރަކާތް ހިންގަވަމުންނެވެ. އެ ގޮތުން، ކޮންމެ ހަފުތާއެއްގެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭ އަންނަނީ ގަވާއިދުން ޓައުންހޯލް ޖަލްސާތައް ބާއްވަވަމުންނެވެ. އެ ޖަލްސާތަކުގައި ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއެވެ. ޔާމީން ވަނީ އަންނަ 2028ގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ