ގޭންގް ތަކާއި، ޑްރަގް ލޯޑުންގެ އެހީގައި ކެމްޕެއިން ކޮށްގެން ވެރިކަން ހޯދާ ސަރުކާރަކަށް ގޭންގްތައް ކުރިމަތީ ހެދޭނެ ގަދައެއް ނޯންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވެފައިވާއިރު، އައްޑޫގައި ފުލުހުންނަށް ބަޔަކު އިންޒާރު ދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.
އެ ދެ މީހުން ހައްޔަރުކުރީ އައްޑޫގައި އަމާންވެއްޓެއް ގާއިމުކުރަން ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހިތަދޫގައި ލައިސެންސް ނެތި، ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކުރަން އުޅުމުގެ ތެރޭގައި، އެ ތަނުގައި ހަރަކާތްތެރިވި ފުލުހުންގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު، އުމަރު ވިދާޅުވީ ގޭންގް ތަކާއި, ޑްރަގް ލޯޑުން ބޭނުންކޮށް ކެމްޕޭން ކޮށްގެން އަންނަ އެއްވެސް ސަރުކާރަކަށް ގޭންގްތައް ކުރިމަތީ ހެދޭނެ އެއްވެސް ގަދައެއް ނޯންނާނެ ކަމަށެވެ.
2023 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އުމަރު ހިމެނިވަޑައިގަންނަވައެވެ. އުމަރު މީގެ ކުރިންވެސް ވަނީ އޭނާގެ ސަރުކާރަކުން ގޭންގުތަކުގެ ”ދަށު“ ނުވާނެ ކަމަށް ވިދާޅުވެފައެވެ.
އުމަރު ވިދާޅުވަނީ ގޭންގުތަކުގެ އެހީގައި ވެރިކަން ހޯދާނަމަ، އެމީހުން ކުރިމަތީގައި ގަދައެއް ނުހެދޭނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ