ރައީސް ސޯލިހު ޑރ މުއިއްޒު އަށް މަރުހަބާ ދަންނަވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ރައީސް ކަމަށްވާ ޑރ މުހައްމަދު މުއިއްޒު އަށް މަރުހަބާ ދަންނަވައިފި އެވެ.
ރައީސް ސޯލިހު މުއިއްޒުއަށް މަަރުހަބާ ދެންނެވީ ދާދި ދެންމެ އަކު ކުރެއްވި ޓުވީޓެއްގައި އެވެ. އެގޮތުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީއިންތިޚާބު ކާމިޔާބުކުރެއްވި ޑރ މުއިއްޒު އަށް މަރްޙަބާ ދަންނަވާ ކަމަށެވެ. އަދި ރައީސް ވަނީ އިންތިޚާބުގަ ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކާ ޝުކުރު ދަންނަވާފައެވެ.
ރައީސް ވަނީ އެކުގަ މަސައްކަތްކުރި އެމް.ޑީ.ޕީ އާއި އޭ.ޕީ ގެ މެމްބަރުން އަދި އެމަނިކުފާނަށް ވޯޓުދެއްވި ހުރިހާރައްޔިތުންނަށްވެސް ޝުކުރު ދަންނަވާފައެވެ.
ރިޔާސީއިންތިޚާބު ކާމިޔާބުކުރެއްވި @MMuizzu އަށް މަރްޙަބާ ދަންނަވަން. އިންތިޚާބުގަ ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކާ ޝުކުރު ދަންނަވަން. އެކުގަ މަސައްކަތްކުރި އެމް.ޑީ.ޕީ އާއި އޭ.ޕީ ގެ މެމްބަރުން އަދި އަޅުގަޑަށް ވޯޓުދެއްވި ހުރިހާރައްޔިތުންނަށް ޝުކުރު ދަންނަވަން
— Ibrahim Mohamed Solih (@ibusolih) September 30, 2023
މިއަދު ކުރިޔަށް ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޑރ މުއިއްޒު ކާމިޔާބުކުރެެއްވީ 53 އިންސައްތަ ވޯޓުންނެވެ. މި އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިލެއްވީ 46 އިންސައްތަ ވޯޓެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ