ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯޯސް، ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު!

މޫސުން ގޯސްވެ މެދުރާއްޖެތެރެއަށް، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓުން ވަނީ މެދުރާއްޖެތެރެ ހިމެނޭ ބ.އަތޮޅުން ފެށިގެން ކ.އަތޮޅާ ހަމައަށް ރީނދޫ އެލާޓް ނެރެފައެވެ. އެ އެލާޓް ނެރެފައިވަނީ ހެނދުނު 08:00 އިން މެންދުރު 13:00އަށެވެ.
ރީނދޫ އެލާޓް ނެރެފައިވާނަމަ އެ ސަރަހައްދެއްގައި 19 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ދުއްވުން މަނާވާނެއެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށާއި، އުތުރާއި މެދު ރާއްޖެ ތެރެއަށް ގަޑިއަކު 13 މޭލާއި 23 މޭލަށް ވައިގަދަވާނެކަމަށްވެސް ބެލެވޭ ކަމަށެވެ.
އެ އިދާރާއިން ބުނީ މެދުރާއްޖެ ތެރެއާއި އިތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓައް ހުންނާނެކަމަށެވެ.
އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ