ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އުސްމާން އަބްދުالله އަވަހާރަވެއްޖެ

މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝެއިހް އުސްމާން އަބްދުالله އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 85 އަހަރުގައި، ޝެއިހް އުސްމާން އަބްދުالله އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ. 
އިސްލާމްދީން އުނގަންނައިދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން ޝެއިހް އުސްމާން އަބްދުالله، ވަނީ ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.
Advertisement
ޝެއިހް އުސްމާން އަބްދުاللهއަކީ ރޭޑިއޯ އަދި ޓީވީ މެދުވެރިކޮށް ގެނެސްދޭ އެކިއެކު ދީނީ ޕްރޮގްރާމްތަކުގައި ބައިވެރިވެ ވަޑައިގެން މަޢުލޫމާތު ދެއްވުމުގައި ދެމި ހުންނެވި ގިނަ ބައެއްގެ ތެރޭގައި މަގްބޫލު ދީނީ އިލްމުވެރިއެކެވެ. ދީނީ ފޮތްތައް ތަރުޖަމާ ކުރެއްވުމާއި، ދީނީ ދަރުސްތައް ދެއްވުމުގައި އެ މަނިކުފާނަކީ މަގްބޫލު ބޭފުޅެކެވެ. ދަރުސްތައް ދެއްވުމަށް މާލޭގެ އިތުރުން ރާއްޖޭގެ އެކިއެކި ރަށްރަށަށް ދަތުރު ކުރެއްވި އެވެ. 
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު މަޝްހޫރު ތޮއިބާ ސްކޫލް މާލޭގައި އުފެއްދެވި ތިން ބޭފުޅުންގެ ތެރޭގައި ވެސް އުސްމާން ހިމެނިވަޑައިގެންނަވަ އެވެ.
ޝެއިހް އުސްމާންގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް 2012 ވަނަ އަހަރު ސަރުކާރުން ވަނީ އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދްމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ