ބޮސްނިޔާގެ ޤަތުލުޢާންމަށް 31 އަހަރު: އިތުރު 10 މީހެއްގެ ހަށިގަނޑު ވަޅުލައިފި

ބޮސްނިޔާގެ ޤަތުލުޢާންމަށް 31 އަހަރު ފުރުމުގެ ހަނދާނުގައި ބޭއްވި ހަރަކާތުގައި، އެ ޤަތުލުޢާންމުގައި މަރާލާފައިވާ މީހުންގެ ތެރެއިން އިތުރު 10 މީހުންގެ ހަށިގަނޑު ވަޅުލައިފިއެވެ.
ކޮންމެ ޖުލައި މަހުގެ 11 ވަނަ ދުވަހު ބާއްވާ މި ބޮޑު ޙަރަކާތަކީ، ބޮސްނިޔާގެ މި ހިތާމަވެރި ތާރީޚުގެ ހަނދާންތައް އައު ކުރުމުގެ ބާއްވާ ޙަރަކާތެކެވެ.
މިއަހަރު ވަޅުލި 10 މީހުންނާއެކު، ޕޮޓޮކާރީ މެމޯރިއަލް ސަހަރާގައި ވަޅުލާފައިވާ މީހުންގެ ޢަދަދު މިވަނީ 6،782 އަށް އަރާފައެވެ. މީގެ އިތުރުން، އާއިލާގެ އެދުމުގެ މަތިން 250 އެއްހާ މީހުން އެހެން ސަހަރާތަކުގައި ވަޅުލާފައިވާއިރު، 1،000 އަށް ވުރެ ގިނަ މީހުން އަދިވެސް ގެއްލިފައިވެ އެވެ.
މި ޤަތުލުޢާންމުގައި މަރާލާފައިވާ މީހުން ދެނެގަތުމަށް ހިންގަމުންދާ އައިޑެންޓިފިކޭޝަން ޕްރޮޖެކްޓްގައި، ވަޅުލުމަށް އާއިލާއިން ރުހުން ނުލިބިވާ ހަށިގަނޑުތަކާއި، ޑީއެންއޭ އެނަލިސިސް މެދުވެރިކޮށް ދެނެގަނެވުނު ނަމަވެސް އަދިވެސް ރަސްމީކޮށް އާއިލާ ކަށަވަރުނުކުރެވޭ 36 މީހުންގެ ހަށިގަނޑު އެބައޮތެވެ.
ގިނަ އާއިލާތަކުން ވަޅުލުން ފަސްކުރަމުންދަނީ އަލަށް ފެނުނު ގިނަ ޢަދަދެއްގެ ގަބުރުތަކުން އިތުރު ކަށިތައް ފެންނާނެ ކަމަށް އުންމީދުކޮށެވެ. ބޮސްނިޔާގެ ކަމާގުޅޭ އިދާރާއިން ދަނީ މި ޤަތުލުޢާންމުގައި މަރާލާފައިވާ ގާތްގަނޑަކަށް 900 އެއްހާ މީހުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ.
1993ސްރެބްރެނިޓްސާ ޤަތުލުޢާންމަކީ 1992 ން 1995 އަށް ބޮސްނިޔާގައި ހިނގި ދާޚިލީ ހަނގުރާމައިގާ އެޤައުމުގެ ސާބު ދަރިކޮޅުގެ މީހުން މުސްލިމުންނާ ދެކޮޅަށް ހިންގި އެންމެ ބިރުވެރި އަދި ނުރައްކާތެރި ޤަތުލުޢާންމެވެ. މިޤަތުލުޢާންމުގައި 8،000 މުސްލިމުން މަރާލާފައިވާ ކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ