ބޭސްފަރުވާއަށް އެންސްޕާއިން މިދިޔަ މަހު 35 މިލިއަންގެ އެހީ ދިން

ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމު މެދުވެރިކޮށް މިދިޔަ ނޮވެމްބަރު މަހު 35 މިލިއަނެއްހާ ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ޚަރަދުކުރި ކަމަށް ދައްކައިފިއެވެ. އިއްޔެ އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް 35.18 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެއީ ރާއްޖޭން ފަރުވާކުރުމަށް 20.58 މިލިއަން ރުފިޔާ، އަދި ރާއްޖޭން ބޭރުން ފަރުވާކުރުމަށް 14.60 މިލިއަން ރުފިޔާއެވެ. https://x.com/NSPAmaldives/status/2000569613701317037 އެ ތަފާސްހިސާބުތަކުގައިވާ ގޮތުން 1،526 ފަހަރު އެންސްޕާއިން ބަލިތަކަށް އެހީ ހަމަޖައްސައިދީފައިވެއެވެ. އެގޮތުން ކެންސަރަށް ފަރުވާ ކުރަން 135 ފަހަރު އެހީ ހަމަޖައްސައިދިންއިރު، ކަށީގެ ބަލިތަކަށް 130 ފަހަރު، ވިހެއުމުގެ ކަންކަމަށް 124 ފަހަރު، ނޭވާލާ ނިޒާމުގެ ބަލިތަކަށް 112 ފަހަރު، އަދި މައިބަދައާއި ނާރުގެ ބަލިތަކަށް 109 ފަހަރު އެންސްޕާއިން އެހީ ހަމަޖައްސައިދީފައިވެއެވެ. https://x.com/NSPAmaldives/status/2000571774917124468 ރާއްޖޭން ފަރުވާކުރުމަށް އެންސްޕާއިން އެހީތެރިކަން ދިން ގޮތަށް ބަލާއިރު، އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ހޯދި ފަރުވާތަކަށް 3.05 މިލިއަން ރުފިޔާ، އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ހޯދި ފަރުވާތަކަށް 4.55 މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް އެންސްޕާއިން އެހީތެރިކަން ދީފައިވަނީ ވިހެއުމުގެ ކަންކަމަށް ފަރުވާ ހޯދި މީހުންނަށެވެ. އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުން މިދިޔަ މަހު 85 ފަހަރު ވިހެއުމުގެ ކަންކަމަށް އެންސްޕާއިން އެހީ ހަމަޖައްސައިދިން އިރު، އެއީ 1.11 މިލިއަން ރުފިޔާއެވެ. އަދި ކަށީގެ ބަލިތަކަށް ފަރުވާ ހޯދަން އެންސްޕާއިން 59 މީހަކަށް އެހީތެރިކަން ދިން އިރު، އެއީ 1.46 މިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ