ޓެކްސް އެޕީލް ޓްރެބިއުނަލަށް ރައީސް ފޮނުއްވި ނަންތަކުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަކިކުރި މަހާޒް

ޓެކްސް އެޕީލް ޓްރެބިއުނަލަށް ދެ މެންބަރުން އައްޔަން ކުރެއްވުމަށް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރޭގައި, ސުޕްރިމް ކޯޓު ފަނޑިޔާރުކަމުން ވަކިކުރި މަހާޒު އަލީ ޒާހިރު ހިމެނިވަޑައިގެންފިއެވެ. ބޮޑު ޗުއްޓީއަކަށް ފަހު މާދަމާ މަޖިލިސް ފަށާއިރު އެޖެންޑާގައި ހުުރި ކަންތައްތަކުގެ ތެރޭގައި ޓެކްސް އެޕީލް ޓްރެބިއުނަލަށް ރައީސް ފޮނުއްވި ނަންތަކާ މެދު ގޮތެއް ނިންމުމަށް ކޮމެޓީއަށް ފޮނުވުން ހިމެނެއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި އެ ޓްރެބިއުނަލަށް ކުރިމަތިލެއްވި ހަތް ބޭފުޅެއްގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެެވެ. އޭގެ ތެރޭގައި މިސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ކުއްލި ގޮތަކަށް މަގާމުން ދުރު ކުރެއްވި މަހާޒްވެސް ހިމެނިވަޑައިގަންނަވައެވެ. އެ ހަތް ނަމުގެ ތެރެއިން ރައީސް އިސްކަން ދެއްވި ތަރުތީބު އަދި ނޭނގެއެވެ. ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ