ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީ އާއި ގުޅިވަޑައިގެންފި އެވެ.
މެމްބަރު ނަސީމް ޕީއެންސީއާއި ގުޅިވަޑައިގެންނެވީ މިއަދުއެވެ. އެގޮތުން ނަސީމްގެ މެމްބަރޝިޕް ފޯމު ހަވާލުކުރައްވާފައި ވަނީ އެ ޕާޓީގެ ޗެއަރޕަރސަން އަބްދުއްރަހީމް އަބްދުالله އާއެވެ.
ޕީއެންސީއާއި އަލަށް ގުޅިވަޑައިގެންނެވި ނަސީމް އަކީ 19 ވަނަ މަޖިލީހަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވި މެމްބަރެކެވެ.
މިއާއި އެކު މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ 4 މެމްބަރުން ތިއްބަވާނެ އެވެ.
ނަސީމް ޕީއެންސީއާއި ގުޅިވަޑައިގެންފައިމިވަނީ އެޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޑރ މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުކޮށް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވައި އެވެ.
ތުލުސްދޫ ދާއިރާގެ މަޖިލިސް މެމްބަރު ޕީއެންސީއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ