ދިރާގުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް މުޅިން އާ 'ލިމިޓްލެސް ބޫސްޓާސް' ތައާރަފުކޮށްފިއެވެ.
ވީ ކިހިނެއް؟ - މިއީ ކަސްޓަމަރުންނަށް ހަލުއި ސްޕީޑެއްގައި ޑޭޓާ އަންލިމިޓެޑްކޮށް ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ހިދުމަތެކެވެ.
ތަފްސީލް - ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށީގެންވާ ގޮތަށް ހިޔާރުކުރެވޭ، 1 ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މި ބޫސްޓާތަކުގެ 5 ވައްތަރެއް ވަނީ ތައާރަފްކޮށްފަ އެވެ.
މި ބޫސްޓާތައް އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް، މައިއެކައުންޓް މެދުވެރިކޮށް، ނުވަތަ އެ ބޫސްޓަރެއްގެ އެސްއެމްއެސް ޝޯޓް ކޯޑް 343އަށް ފޮނުވައިގެން އެކްޓިވޭޓްކުރެވޭނެ އެވެ.
ލިމިޓްލެސް ބޫސްޓާތަކުގެ އެހީގައި ސްޓްރީމްކުރުމަށް، ގޭމް ކުޅުމަށް، ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތްކުރުމަށާއި އެހެނިހެން ބޭނުންތަކަށް ގިނައިން ޑޭޓާ ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކު ހަލުއި ސްޕީޑުގައި އިންޓަނެޓްގެ ހިދުމަތް ލިބޭނެ އެވެ.
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ ލިމިޓްލެސް ޕޯސްޓްޕެއިޑް ޕްލޭންތަކާއި ލިމިޓެއްނެތް ފައިބާގެ ހިދުމަތްތަކާ އެކު ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ހެޔޮ އަގުގައި އަގުހުރި ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
ދިރާގު ޕޯސްޓްޕެއިޑަށް ލިމިޓެއް ނެތި ޑޭޓާ ލިބޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ