އައްޑޫ ސިޓީއާ 1642 ކިލޯމީޓަރު ކައިރިއަށް 5.2 މެގްނެޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

އައްޑޫ ސިޓީ ކައިރިއަށް ބިންހެލުމެއް އަތުވެއްޖެއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިރޭ ބުނީ، މިޑް އިންޑިއަން ރިޖް އަށް 5.2 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށާއި މި ބިންހެލުން އައިސްފައި ވަނީ މިރޭ 20:35 ހާއިރު ކަމަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މި ބިންހެލުން އައި ސަރަހައްދާއި އައްޑޫ ސިޓީއާ ދެމެދު ހުރީ 1642 ކިލޯމީޓަރުގެ ދުރުމިނެވެ.
ނަމަވެސް މި ބިންހެލުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ވެސް ދިވެހިރާއްޖެއާ، 912 ކިލޯމީޓަރު ދުރަށް ބިންހެލުމެއް އައިސްފައިވެއެވެ. ކާލްސްބާގް ރިޖް އަށް އެރި މި ބިންހެލުން އައީ 4.7 މެގްނެޓިއުޑްގެ ބާރު މިނުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ