މި ރޯދަ މަހު ވެސް ފަހު 10 ގައި ސަރުކާރު ބަންދު

ރޯދަމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މި އަހަރު ވެސް ހަމަޖައްސައިފި އެވެ.ރައީސް އޮފީހުން މިގޮތަށް ނިންމީ މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސް އޮފީހުން މިދިޔަ އަހަރުގެ ފެބްރުއަރީ 4 ގައި ނެރުނު ދެންނެވުމުގައި ހަމަޖައްސާފައިވާތީ އެވެ.މިގޮތަށް ހަމަޖެއްސީ އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.ރުކާރު ބަންދުވާ ދުވަސްތަކުގައި ރަސްމީ އިދާރާތަކުން ކޮންމެހެން ދޭން ޖެހޭ އާއްމު ހިދުމަތްތައް، އެ ތަނަކުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ