މިއަދު ކުރިއަށްދިޔަ 12 ރަށެއްގެ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގެ ވޯޓުލުމުގެ ސުންގަނޑު ހަމަވިއިރު ވޯޓުލާފައިވަނީ 55.4 އިންސައްތަ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިއަދުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ދެ ރަށެއްގެ ކައުންސިލް މެމްބަރުން ހޮވުމާއި، 10 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރުން ހޮވުމަށެވެ. ވޯޓުލުން ފަށާފައިވަނީ ހެނދުނު 8 ޖެހިއިރުއެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ، ހަވީރު 16:00 ޖެހުމާ ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުމުގެ ސުންގަނޑި ހަމަވިއިރު ވޯޓުލާފައިވަނީ ޖުމްލަ 6،275 މީހުން ކަމަށެވެ. އެއީ ވޮޓުލާންޖެހޭ މީހުންގެ 55.4 އިންސައްތައެވެ. ވޮޓު ނުލައި 5،050 މީހުން ތިބިއިރު، އެއީ 44.59 އިންސައްތައެވެ. މި އިންތިހާބުގައި ވޯޓުލާފައިވަނީ ގިނައިން އަންހެނުންނެވެ. ވޯޓުލީ އަންހެނުންގެ އަދަދު 3،292 ގައި އުޅޭއިރު، ވޮޓުލީ ފިރިހެނުންގެ އަދަދަކީ 2،983 އެވެ. މި ބައި އިެލކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 11،325 އެވެ.
Advertisement
އިލެކްޝަންސްގެ ޕޯސްޓް
މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަނުގެ ތެރެއިން ކައުންސިލަށް މެމްބަރުން އިންތިހާބުކުރުން ކުރިއަށްގެންގޮސްފައިވަނީ، ހދ.މަކުނުދޫ އަދި ނ.ލަންދޫ ކައުްނސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށެވެ.
މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަނުގައި މާލޭގައި ދިރިއުޅެމުންދާ ރަށްތަކުގެ މީހުން ވޯޓުލުން ކުރިއަށްގެންގޮސްފައިވަނީ މާފަންނު މަދަރުސާގައެވެ.
ސުންގަނޑި ހަމަވިއިރު ވޯޓުލާފައިވަނީ 55.4 އިންސައްތަ މީހުން: އިލެކްޝަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ