ކްލަބް ވެމްކޯއިން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުގެ ތަފާތަކީ ތަޖުރިބާ ކަމަށް ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.
ރާއްޖޭގެ އަންހެން ވޮލީބޯޅައިގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ވެމްކޯ އިން ކޮންމެ އަހަރަކުވެސް ވޮލީ ސީޒަނަށް ނުކުންނަނީ ވަރުގަދަ އަށް ތައްޔާރުވެގެންނެވެ.
ބޭބެ ދެކޭ ގޮތުގައި ވެމްކޯ އިން މިހާރު ނުކުންނަ ކޮންމެ މުބާރާތަކީ ވެސް ޕްރެޝަރުގައި ކުޅެން ޖެހޭ މުބާރާތެކެވެ. އެއީ، ވެމްކޯ އިން މުބާރާތްތަކަށް ނުކުންނަނީ ތަށި ދިފާއު ކުރުމުގެ އަޒުމުގައި ކަމަށްވުމުން އޭގެ ސަބަބުން ކޮންމެ ޓީމެއް ވެސް ވެމްކޯ ބަލިކުރަން ހާއްސަ އަމާޒެއް އޮންނާތީ އެވެ.
ރޭ އެސޯސިއޭޝަން ކަޕް ހޯދުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަމުން ކޯޗު ބޭބެ ބުނީ، ވެމްކޯގެ ތަފާތަކީ ތަޖުރިބާ ކަމަށެވެ. އެ ގޮތުން، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ތިބުން އެއީ ވެމްކޯ އަށް އެޑްވާންޓޭޖެއް ކަމަށް ބޭބެ ދެކެ އެވެ.
"ހަގީގަތުގައި މި ފަހަރު ވަރަށް ޗެލެންޖިން ވަރަށް ރަނގަޅު ޓީމުތަކެއް މިހުރީ އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ޓީމެއްގެ ގޮތުގައި ކުރިއަށްހުރި މުބާރާތްތައް ކާމިޔާބުކުރަން" ބޭބެ ބުންޏެވެ.
ބޭބެ ބުނީ ވެމްކޯ އަށް ޕްރެޝަރު އޮތުން އެއީ މައްސަލަ އެއް ނޫން ކަމަށެވެ. އެއީ ގައުމީ ޓީމުގެ ކުޅުންތެރިން ޓީމުގައި ގިނަވެފައި އެ ކުޅުންތެރިންނަށް ޕްރެޝަރު ހޭންޑަލް ކުރަން އެނގުން ކަމަށާއި، އަދި ޕްރެޝަރުގައި ކުޅުންތެރިން ކުރާ މަސައްކަތް މާބޮޑަށް ރަނގަޅު ކަމަށް ބޭބެ ބުންޏެވެ.
ބޭބެ ބުނީ ކުރިއަށް ހުރި މުބާރާތްތަކަށް ވެސް ވެމްކޯ އިން ނުކުންނާނީ އެ ޓީމުން ހޯދައިފައި ހުރި ކާމިޔާބު ތަކުރާރު ކުރަން ކަމަށެވެ.
ވެމްކޯގެ ތަފާތަކީ ތަޖުރިބާ: އަދީލް ވެމްކޯގެ ތަފާތަކީ ތަޖުރިބާ: އަދީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ