މަޑިހާ ކުންފުނީގެ "އުފަންވެލި" ފިހާރަތަކުން ފިޔާގެ އަގު ވަރަށް ބޮޑަށް ދަށްކޮށްފިއެވެ.
މި އަގު ދަށްކުރުމަކީ ރޯދަ މަހުގެ ފަހު ދިހައަށް ޚާއްސަކޮށްގެން ގެނެސްފައިވާ ބަދަލެއްކަމަށް އުފަންވެލި ފިހާރައިގެ މެނޭޖަރު މިއަދު ވިދާޅުވި އެވެ.
މިހާރު އުފަންވެލި ފިހާރަތަކުން އިންޑިއާ ފިޔާ ކިލޯއެއް ހޯލްސޭލްކޮށް 7.17ރ. އަށް ވިއްކަމުން ދާއިރު، ޕާކިސްތާނު ފިޔާ ކިލޯއެއް ހޯލްސޭލްކޮށް ވިއްކަނީ 9.30ރ. އަށެވެ. ރީޓެއިލްކޮށް ވިއްކާއިރު، އިންޑިއާ އަދި ޕާކިސްތާނު ފިޔާ ކިލޯއެއް 10 ރުފިޔާއަށް ލިބެއެވެ.
އުފަންވެލި ފިހާރަތަކުން މިހާރު ޕާކިސްތާނު ފިޔާގެ 15 ކިލޯގެ ބަސްތާއެއް 140ރ. އަށް ވިއްކާއިރު، އިންޑިއާ ފިޔާގެ 26 ކިލޯގެ ބަސްތާއެއް ވިއްކަނީ 200ރ. އަށެވެ. މިއީ މި ފަހުގެ ތާރީހުގައި ފިޔާގެ އަގު ދަށްވެފައިވާ އެންމެ ދަށް މިންވަރެވެ.
ފިޔާގެ އިތުރުން އެހެނިހެން ތަކެތީގެ އަގުވެސް ވަނީ ދަށްކޮށްފައެވެ. މިގޮތުން އަލުވި ކިލޯއެއް ރީޓެއިލްކޮށް 12 ރުފިޔާއަށް އަދި ހޯލްސޭލްކޮށް 80 ރުފިޔާއަށް ބަސްތަސްތާއެއް ލިބެ އެވެ. މީގެ އިތުރުން ފަނި ގިރުމަށް ހާއްސަ ކަރާ، ފެޝަން ފްރުޓް، ފޭރު، އަލަނާސި، އޮރެންޖު، އަންނާރު އަދި އަނބުގެ އަގުވެސް ވަނީ ދަށްކޮށްފައެވެ.
ރޯދަ މަހަށް ހާއްސަކޮށް ބިސް، ކުކުޅު އަދި ކާށީގެ އަގުވެސް ވަނީ ދަށްކޮށްފައެވެ. މިއީ ރޯދަވީއްލުމަށް އަދި ތަރާވީހު ދަމަށްވެސް މީރު ހެދިކާ ތައްޔާރުކުރުމަށް ބޭނުންވާ މުހިންމު ތަކެތި ކަމަށްވާތީ، ގިނަ ފަރާތްތަކަކުން މިކަމަށް މަރުހަބާ ކިޔާފައިވެއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތަރުކާރީ އާއި މޭވާ އެތެރެކޮށް ވިއްކާ ފިހާރައަކީ އުފަންވެލި އެވެ. އުފަންވެލި ފިހާރަތައް މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުވާފައިވެއެވެ.
އުފަންވެލީގެ ހާއްސަ އަގު ދަށްކުރުން ރޯދަ މަހުގެ ފަހު ދިހައިގެ އިތުރުން ހަ ރޯދައަށް ވެސް ދިގުދެމިގެން ދާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
ރޯދަ މަހުގެ ފަހު ދިހައަށް އުފަންވެލިން ފިޔާ އަގުހެޔޮކޮށްފި ރޯދަ މަހުގެ ފަހު ދިހައަށް އުފަންވެލިން ފިޔާ އަގުހެޔޮކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ