ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ހުސެއިން ޝަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޝަހީދު އެސްސީގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރަން ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
ސުޕްރީމް ކޯޓަށް ޝަހީދު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނީ ޖުޑީޝަލް ސާވިސް ކޮމިޝަން( ޖޭއެސްސީ) އިންނެވެ.
އެ ކޯޓަށް ޝަހީދު އައްޔަން ފާސްކުރީ ކުރިން ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކޮށްފައި ވަނިކޮށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޝަހީދު ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި އިރު، އޭނަ ހުންނެވީ ހައި ކޯޓްގެ އިސް ފަނޑިޔާރުގެ މަގާމުގައެވެ.
ޝަހީދު ވަނީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އާއި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހޯއްދަވައިފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ