ތަރައްގީން ބާކީކޮށްފިކަމަށްބުނެ އިނގުރައިދޫގައި އަޑުއުފުލަނީ
އެ ރަށުގައި މިއަދު ހަވީރު ފެށި މި އެއްވުމުގައި އެ ރަށުގެ ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އެއްވުމުގެ ބައިވެރިން ތިބީ އެކިކަހަލަ ޝުއޫރުތައް ލިޔެފައިވާ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެނެވެ.އެއްވުމުގެ ބައިވެރިން ބުނެފައިވަނީ އިނގުރައިދޫގައި ތަރައްގީގެ އެއްވެސް ކަމެއް ނުހިނގާކަމަށެވެ. އަދި ކުރީ ސަރުކާރުން ފެށި މަސައްކަތްތައް ވެސް ހުރީ ހުއްޓިފައިކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.ހާއްސަގޮތެއްގައި އެ ރަށު ސިއްހީ މަރުކަޒުގެ މަސައްކަތް ފަށާ ހުއްޓިފައި އޮންނަތާ 2 އަހަރަށްވުރެ ގިނަ ދުވަސްވުމާއި ރަށުގެ އުތުރުފަރާތުން ގެތަކާ ހަމައަށް ގިރައިގެން ދާއިރު އެކަމަށް ހައްލެއް ނުލިބި އޮތުމަކީ އެ ރަށު ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ