ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަގުތީގޮތުން ސަސްޕެންޑުކޮށްފިއެވެ.
ޖޭއެސްސީން ބުނީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކޮމިޝަނަށް އަންގާފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެޤީޤެއް ކުރަމުންދާ ކަމަށެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުން، ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤުކުރަން ފަށައިފިކަން ޖޭއެސްސީއަށް އަންގައިފިނަމަ، 48 ގަޑިއިރު ތެރޭގައި އެ ފަނޑިޔާރަކު މަޤާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު ޢަމަލުކުރާނެ ގޮތެއް ނިންމަންޖެހެއެވެ.
މި ޤާނޫނީ މާއްދާއަށް ރިޢާޔަތްކޮށް، ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އިސްވެދެންނެވުނު ތިން ފަނޑިޔާރުން މިއަދުން ފެށިގެން ވަގުތީގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށެވެ.
މި ފަނޑިޔާރުން ސަސްޕެންޑްކުރިއިރު، މަޖިލީހުން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ކުޑަކުރަން ވެސް ފާސްކޮށްފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ