ދިއްގަރު ދާއިރާގެ ގޮނޑި ހޯދަން އެމްޑީޕީ ޕްރައިމަރީގައި އަލްހާން ވާދަކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި އަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ފެދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
އަލްހާން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައި ވާއިރު މީގެ ކުރިން އޭނާ ވަނީ ޕްރައިމަރީ ލަސް ނުކުރުމަށް އެމްޑީޕީ އަށް ގޮވާލައްވައިފަ އެވެ. އަދި އެމްޑީޕީގެ މިހާރުގެ ލީޑަޝިޕުން ރައީސް ނަޝީދު ޖަލުން ސަލާމަތް ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާމެ މެންބަރު އަހްމަދު ނާޒިމްގެ މައްޗަށް، މަކަރާއި ހީލަތުގެ ކުށް ސާބިތުވެ އުުމުރަށް ޖަލަށް ލުމާ ގުޅިގެންނެވެ.
އިލްކެޝަންސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ