ގެއްލުނު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ ކަނޑުއަޑީގެ ހޮހޮޅައެއްގައި

ވ. އަތޮޅުގައި ސަފާރީއަކުން ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ އިޓަލީގެ ހަތަރު ފަތުރުވެރިން ވަނީ ކަނޑުއަޑީގެ ހޮހޮޅައެއްގެ ތެރޭގައި ކަމަށް ސިފައިން ލަފާކޮށްފި އެވެ. 
މިއަދު ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ހޮހޮޅައިގެ ތެރެއިން ކަމަށް ސިފައިން ބުންޏެވެ. 
"ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައެވެ. މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ،" މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުންޏެވެ. 
ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ކުރީ މޭ 14 ވަނަ ދުވަހުގެ މެންދުރު 1:45 ގަ އެވެ. ކަނޑާއި ވައިގެ މަގުން އޮޕަރޭޝަން ހިންގަނިކޮށް، މަރުވެފައި އޮތް ފަތުރުވެރިޔާގެ ހަށގަނޑު ފެނުނީ 6:13 ގައި ސަފާރީގެ ޑައިވަރުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ