މެޑިކާ ހޮސްޕިޓަލުން މި އަހަރު ބާއްވާ ދެވަނަ ޚިތާނީ ކޭމްޕްގައި ރަޖިސްޓްރީ ކުރަން ހުޅުވާލައިފި
މެޑިކާ ހޮސްޕިޓަލުން މި އަހަރު ބާއްވާ ދެވަނަ ޚިތާނީ ކޭމްޕްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މެޑިކާ ހޮސްޕިޓަލުން ވަނީ، ޚިތާނީ ކޭމްޕުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ނަން ނޯޓުކުރަން ހުޅުވާލައިފައެވެ. އެ ކޭމްޕްގައި ޕެކޭޖެއް އަގަކީ، އާސަންދައަށް ކެނޑުމަށް ފަހު 3,700 ރުފިޔާއެވެ. އަދި ޚިތާނު ކުރުން ކުރިއަށްގެންދާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. ޚިތާނީ ޕެކޭޖްގައި ހިމެނެނީ: • އޮޕަރޭޝަނުގެ ކުރިން އެނެސްތީސިއޮލޮޖިސްޓުންގެ ކޮންސަލްޓޭޝަން • ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް • ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ޚިތާނުކުރުން • އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް • އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓަރު ކުރުން • ފޮލޯއަޕް ކޮންސަލްޓޭޝަން • އޮޕަރޭޝަނަށް ފަހު ފުރަތަމަ ޑްރެސިން މެޑިކާ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެ ކޭމްޕުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރުންނާއި، ކުޑަކުދިންގެ ނިޒާމުގެ ޚާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމަކުންނެވެ. އެ ޓީމުގައި ހިމެނޭ ޑޮކްޓަރުންނަކީ ޑރ. މުޙައްމަދު ޞާލިޙް، ޑރ. މުޙައްމަދު ޝަރީފް، އަދި ޑރ. ސަވަރު އިޤްބާލް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ