ދުވަސްނުފުރާ ވިހާ ކުދިންނަށް ހާއްސަ ޑޮކްޓަރު އައިޖީއެމްއެޗަށް

ދުވަސްނުފުރާ ވިހާ ކުދިންނަށް ހާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ޑރ. މުހައްމަދު ފައިސަލް އައިޖީއެމްއެޗްގައި ހިދުމަތް ކުރައްވަން ފައްޓަވައިފި އެވެ.
އެ ދާއިރާއިން ސްރީލަންކާގައި ސަބް-ސްޕެޝަލިޓީ ނިންމެވުމަށްފަހު ފައިސަލް ފުރަތަމަ މަސައްކަތް ކުރެއްވީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ. ނަމަވެސް، ފުރިހަމަ ގޮތެއްގައި އެ ހިދުމަތް ދިނުމަށް އޭނާ ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗްއާ ގުޅިވަޑައިގެންފަ އެވެ.
ދުވަސްނުފުރާ ވިހާ ކުދިންނަށް ފަރުވާދޭން ޖެހޭނީ އެންއައިސީޔޫގަ އެވެ. އަދި ކުޑަކުދިންނަށް ފަރުވާ ދިނުމަށް ރާއްޖޭގައި އެންމެ ވަރުގަދަ އައިސީޔޫ ހުރީ ވެސް އައިޖީއެމްއެޗްގަ އެވެ.
The most trusted news source in the Maldives
ޑޮކްޓަރެއްގެ ގޮތުގައި ވިއްސަކަށް އަހަރު މަސައްކަތް ކުރައްވާފައިވާ ފައިސަލް ވަނީ އޭޑީކޭ ހޮސްޕިޓަލާއި ރާއްޖޭގެ އެހެން ބައެއް ރަށްރަށުގެ ހޮސްޕިޓަލްގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
އައިޖީއެމްއެޗްގެ ހިދުމަތްތައް ރަނގަޅުކުރަން ތަފާތު އެކި ދާއިރާތަކުގެ ސްޕެޝަލިޓީގެ ހިދުމަތްތައް ދަނީ ތައާރަފް ކުރަމުންނެވެ. އޭގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެކި އޮޕަރޭޝަންތައް ކުރަން ވަނީ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ