މާލޭގެ ސަލްޓަން ޕާކްގައި އީ-ސްޕޯރޓްސް އޭރިއާއެއް ގާއިމުކުރުމަށް ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ. މި މަޝްރޫއަކީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، ފައިސާ ބަލައިގަތުން ކުރިއަށްދާނީ 30 ޖޫން 2026 އިން 13 ޖުލައި 2026 އަށެވެ.
މި މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 36,500 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މި މަސައްކަތާ ގުޅޭ ޕްރީބިޑް ބައްދަލުވުން 6 ޖުލައި 2026 ވާ ހޯމަ ދުވަހު މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އެވެ. ބީލަން ހުށަހަޅަންޖެހޭނީ ފިނޭންސް މިނިސްޓްރީގެ ބީލަން ޕޯޓަލް މެދުވެރިކޮށެވެ. ބިޑު ހުޅުވުން އޮންނާނީ 16 ޖުލައި ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައެވެ.
ސަލްޓަން ޕާކްގައި އީ-ސްޕޯރޓްސް އޭރިއާއެއް ގާއިމްކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ