އުލިގަމު އާ އިންޖީނުގެ އެޅުމަށް 5.5 މިލިއަނަށް ބަޔަކާ ހަވާލުކޮށްފި

އާ އިންޖީނު ގެއެއް ހއ.އުލިގަމުގައި އެޅުމަށް ބަޔަކާއި ހަވާލު ކޮށްފިއެވެ.
އެރަށުގައި އިންޖީނުގެ އެޅެމުގެ އަމަލީ މަސައްކަތް ހަވާލު ކޮށްފައިވަނީ "ޓޫ އެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" އާއެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ 5 މަހާއި 20 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 5.5 މިލއަން ރުފިޔާއަށެވެ. މި އެއްބަސް ވުމުގެ ދަށުން އެރަށުގައި މި މަހުގެ 13 ވަނަ ދުވަހު އެ މަސައްކަތް ފަށާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
މިއެއްބަސްވުމުގައި ފެނަކަ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދް މުޙައްމަދުއެވެ. އަދި ޓޫ އެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ އިބްރާޙިމް ރަޝީދެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކަރަންޓް ހިދުމަތް ދެމުން އަންނަ ފެނަކަ އިންނަނީ ރަށްރަށުގެ މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް އިންޖީނުގެ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ފެނަކަ އިން އަންނަނީ މިއަހަރުގެ ތެރޭގައި 30 އިންޖީނު ގެއެއް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު މަސައްކަތަށް ބަލާއިރު މިހާތަނަށް ވަނީ 17 ރަށެއްގެ އާ އިންޖީނުގެ އެޅުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ